މޯލްޑިވިއަންގައި މިހާރު އޮތް މެނޭޖްމަންޓާއިމެދު ހިތްހަމަ ނުޖެހި، 7 ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެއެވެ.
މޯލްޑިވިއަންއިން މި ޕައިލެޓުން ވަކިވެފައިވަނީ މިހާރު އޮތް މެނޭޖްމަންޓުން މުވައްޒިފުންނަށް ދޭންޖެހޭ ސަމާލުކަން ނުދީ އަމިއްލަ މަސްލަހަތުގައި މަސައްކަތް ކުރާތީކަމަށް ވަކިވި ބައެއް ޕައިލެޓުން ވަނީ ބުނެފައެވެ. އަދި މިހާރު އޮތް މެނޭޖްމަންޓް މަސައްކަތް ކުރަމުންދަނީ ކޮން ގޮތަކަށް ކަމެއް ހަމައެއްގޮތަކަށްވެސް ނޭގޭކަމަށް ވަނީ ބުނެފައެވެ.
މޯލްޑީވިއަންއިންގެ މުހިންމު 7 ޕައިލެޓަކު ވަކިވެފައިވާ ސަބަބާއި ގުޅޭގޮތުން އެކުންފުނީގެ ބައެއް ބޭފުޅުން ބުނެފައިވަނީ ކުންފުނިން ޕައިލެޓުން ވަކިވީ މުސާރަ ކުޑަވެ ވާދަވެރި އެހެން އޮޕަރޭޓަރުން ރަނގަޅު މުސާރައެއް ހުށަހެޅުންކަމަށެވެ.
މޯލްޑިވިއަންގެ މިހާރުގެ މެނޭޖްމަންޓާއިމެދު ހިތްހަމަ ނުޖެހި މިއަހަރުގެ މާރޗް މަހުގެ ތެރޭގައިވެސް ޕައިލެޓުންވަނީ ވަޒީފާއަށް ނުނިކުމެ އިހުތިޖާޖްކޮށްފައެވެ. މީގެކުރިން ދުވަހަކުވެސް މޯލްޑިވިއަންގައި ދިމާނުވާފަދަ ގިނަ މައްސަލަތަކެއް މިހާރު އެކުންފުނީގައި ފާހަގަކުރެވެމުންދާއިރު، މިމައްސަލަތައް ހައްލު ކުރުމަށް މެނޭޖްމަންޓުން އެއްވެސް ވަރަކަށް މަސައްކަތް ނުރާކަމަށް މުވައްޒިފުން ދަނީ ބުނަމުންނެވެ.
އައިލެންޑް އޭވިއޭޝަންގައި 11 ސީޕްލޭން އޮވެއެވެ. ގިނަ ޕައިލެޓުންތަކެއް އެއްފަހަރާ ވަޒީފާ އިން ކެނޑުނަސް، އެ ކުންފުނިން ބުނަނީ އޮޕަރޭޝަންތަކަށް މެދުކެނޑުމެއް ނާންނަ ގޮތަށް މެނޭޖްކުރެވޭނެ ކަމަށެވެ.
One Response
އާ އަނގަޔަކުން ދެރައެއް ނުވާނެ، އެ ބުނާ ހުއްޓުމެއް ނާރާ ދަތުރުތައް ކުރުމަކީ ދެން ތިބި މަދު ޕައިލެޓުން ހަންކަނޑާލުން، އެކުދީން ބޯ ސަލާމަތް ނުވާ ވަރަށް ދަތުރުތައް ކުރުވާ އެކުދީން ބޯގޮއްވާލުން.