މޯލްޑީވިއަންވަނީ ހައްލު ހޯދަންޖެހިފައިވާ ބޮޑެތި މައްސަކަތަކެއްގެ ތެރޭގައި

މޯލްޑިވިއަންގެ ތަޖުރިބާހުރި ޕައިލެޓުން ކުންފުންޏާއި ދުރަށް، މެނޭޖްމަންޓް ހިމޭނުން!

މޯލްޑިވިއަންގެ ތަޖުރިބާހުރި ޕައިލެޓުން ކުންފުންޏާއި ދުރަށް، މެނޭޖްމަންޓް ހިމޭނުން!

ގުޅުންހުރި

ޤައުމީ އެއާލައިން މޯލްޑިވިއަންގައި ގިނަ ދުވަސްވީ ތަޖުރިބާ ހުރި ޕައިލެޓުން މެނޭޖްމަންޓާއިމެދު ހިތްހަމަ ނުޖެހި ކުންފުނީގެ ވަޒީފާތަކުން މިހާރުވަނީ ވަކިވާން ފަށާފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާލައިން، އަދި ދިވެހިންގެ ފަޚުރުވެރި އެއާލައިންގެ ގޮތުގައި ޒަމާނުއްސުރެ، އޮތް މޯލްޑިވިއަންއަކީ ފަޚްރުވެރި ތާރީހެއް އޮތް ކުންފުންޏެެކެވެ. ނަމަވެސް ކުންފުނީގެ މިހާރު އޮތް މެނޭޖްމަންޓް ކުންފުޏާއި، ހަވާލުވެ ގެނެސްފައިވާ ބަދަލުތަކާއި، ހިންގުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މުވައްޒިފުންނަށް ވަނީ ވަރަށް ބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ.

މޯލްޑިވިއަންގެ ކެޕްޓަނުންނަކީ އަމިއްލަ ކުންފުނިތަކުގެ ކެޕްޓަނުންނަށްވުރެ މުސާރަކުޑަ، ބަޔަކަށް މިއަދުވަނީ ވެފައެވެ. ކޯވިޑާއި މަތިކޮށް މުސާރަތަކަށް ގެނައި ބަދަލުވަނީ ދާއިމީ ބަދަލަކަށް ވެފައެވެ. ވާދަވެރި ކުންފުނިތަކުން ކޯވިޑާއި ގުޅިގެން ކުޑަކުރި މުސާރަ އިޔާދަކޮށްދިންތާ 3 މަހާއި ގާތްކުރާއިރު، ޤައުމީ އެއާލައިންގެ ޕައިލެޓުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައިނުވެއެވެ. މުސާރައިން 60 ޕަސެންޓް ކަޑާލައި، ކުޑަކުރި މުސާރައާއިއެކުވެސް އެއްވެސް ޝަކުވާއެއްނެތި، ޕައިލެޓުން ދުވާލަކު އެތައް ދަތުރެއް ދިޔައީ ކުރަމުންނެވެ.

ނަމަވެސް ހާލަތު ބަދަލުވެ، ވާދަވެރި ކުންފުނިތަކުންވެސް މުސާރަ އިޔާދަކުރުމުން، ޕައިލެޓުންވަނީ މޯލްޑިވިއަންގެ މެނޭޖްމަންޓާއި ބައްދަލުކޮށް މުސާރައަށް ބަދަލު ގެނައުމަށް އެދިފައެވެ. ނަމަވެސް މިކަމަށް މެނޭޖްމަންޓުން ދިނީ ބީރު ކަންފަތެކެވެ. އެތައް ފަހަރަކު މިކަން މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނަޔަސް، ކުރަންޖެހޭ ދަތުރު ގިނަވުން ފިޔަވައި ވީހަމަ އައި އެއްވެސް ބަދަލެއް ނެތުން މިއީ ދައުތަލުގެ އޭވިއޭޝަން ކުންފުނީގައި ވަޒީފާ އަދާކުރަމުން އަންނަ ތަޖުރިބާހުރި އެތައް ޕަލެޓުންނެއްގެ ޝަކުވާއެކެވެ.

މޯލްޑިވިއަންގެ ޕައިލެޓުންގެ ތަރެއިން މަޤާމުން ވަކިވި ޕައިލެޓަކު ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހުން ކުންފުނި ދޫކޮށްލީ، ކުރާ މަސައްކަތުގެ އަގުވަޒަން ނުކޮށް، ދައްކާ ވާހަކަވެސް މެނޭޖްމަންޓަށް އަޑުނީވޭތީކަމަށެވެ.

އަޅުގަނޑުމެންގެ ކަންބޮޑުވުން ހިފައިގެން މެނޭޖްމަންޓާއި ހަމައަށް ދިޔައިން. ނަމަވެސް އެއްވެސް ބަދަލެއް ނައި. މިއީ ކުންފުނީގެ ހަޔާތުގައިވެސް އައި އެންމެ ދޯދިޔާ، ހިންގުންތެރިކަމެއް ނެތް މެނޭޖްމަންޓް.

– ޚަބަރު އޮންލައިނާއި މައުލޫމާތު ހިއްސާ ކުރި ޕައިލެޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުނިން 8 ޕައިލެޓުން ކެޑުނު ކަމުގައި ވީނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ޕައިލެޓުންވެސް ކުންފުނި ދޫކޮށް ދާނެކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެހެން ކުންފުނިތަކުންވެސް ޕައިލެޓުންނަށް ބޭނުންވެފައިވާއިރު، ރަނގަޅު ހުށަހެޅުމެއް ލިބުމުން ހުރިހާ ޕައިލެޓުންވެސް ތިބީ މޯލްޑިވިއަން ދޫކޮށް ދިއުމަށް ތައްޔާރަށް ކަމަށެވެ. އަދި މިއީ މިހާރު އޮތް މެނޭޖްމަންޓުން، ވުމައްޒަފުންގެ ޝަކުވާތަކާއި، އެދުންތަކާއި އަދި އުދާސްތަކަށްވެސް އެއްވެސް ސަމާލުކަމެއް ނުދިނުމުން ކުންފުންޏާއިމެދު މާޔޫސްވެގެން ދުރަށްދާ، ކުންފުނީގައި ދުގު މުއްތަދަކަށް މަސައްކަތް ކޮށްފައިވާ، އަދި ތަޖުރިބާހުރި މުވައްޒަފުން ކަމުގައެވެ.

އަޅުގަނޑުމެން އެކަންޏެއްނޫން މި ވަކިވީ. އަދި އިތުރު 3 ޕައިލެޓަކުވެސް ވަރަށް އަވަހަށް ވަކިވާނެ. އަދި ޑޭޝް 8 ދުއްވާ ޕައިލެޓުންވެސް ތިބީ މަޑުން ތިބޭ ގޮތަކަށްނޫން. އެމީހުންވެސް މެނޭޖްމަންޓަށް މިހާރުވަނީ ކަންތައްތަކަކަށް ހުށަހަޅާފަ.

– އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މުވައްޒިފުންގެ ކަންބޮޑުވުން ކޮޅުންލައި، ކުންފުނީގެ އެންމެ މުހިންމު މުވައްޒިފުން މަޤާމުން ވަކިވެގެންދާއިރުވެސް މެނޭޖްމަންޓުގެ އެއްވެސް ހާސްކަމެއް އޮތްތަނެއް ނުފެނެއެވެ. އަދި މިކަމާއި މަނޭޖްމަންޓުގެ އެއްވެސް ކަންބޮޑުވުމެއް އޮތްކަން ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ. ޕައިލެޓުން ވަކިވުމުންވެސް ކުންފުނިން ބުނެފައިވަނީ ޕައިލެޓުން ވަކިވި ނަމަވެސް ކުންފުންޏަށް ދަތި ނުވާނެކަމަށެވެ.

ނަމަވެސް މޯލްޑިވިއަން ސީޕްލޭން ދުއްވަން މިވަގުތު ތިބީ 15 ޕައިލެޓުން ކަމަށްވާއިރު، އޭގެ ތެރެއިން މިހާރު 8 ޕައިލެޓުން ވަކިވެފައިވާއިރު، އިތުރު 3 ޕައިލެޓުން ވަކިވުމުންވެސް ކުންފުންޏަށް ދަތިނުވާނެކަމަށް މެނޭޖްމަންޓުން ބުނުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޑޭޝް 8 ދުއްވާ ޕައިލެޓުންވެސް މަސައްކަތް ހުއްޓާލުމާއި ހަމައަށް ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޤައުމީ އެއާލައިން މެނޭޖް ކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރިއިރު، ކުންފުނި ނަގައި ކޮޅަށްޖަހަން ތިބި މުވައްޒިފުން މާޔޫސް ކޮށްލުމަކީ، އޮތް ހާލަތުން އަރައި ގަތުމަށްވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ.

މުވައްޒިފުންގެ ކަންބޮޑުވުންތަކަށް ހައްލު ނުގެނެވި މޯލްޑިވިއަންގެ މުސްތަޤުބަލާއިމެދު ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު، މިކަމުގައި އަދި މޯލްޑިވިއަން މެނޭޖްމަންޓަށް ކަހާތަން ހިރުވާލާހެންވެސް ހީނުވާކަމީ މުވައްޒިފުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ވަގުތު ފާއިތުވުމުގެ ކުރިން މިއީ ހަގީގަތުގައިވެސް ހައްލު ހޯދަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ދައުލަތު އޭވިއޭޝަން ނަގާ ކޮޅަށް ޖެހުމަށް ސަރުކާރުން ފުންކޮށް ވިސްނަވާ، މިކުންފުންޏަކީ ދިވެހިންގެ ފަޚުރުވެރި ކުންފުންޏެއްގައި ގޮތުގައި އޮތުން ވެގެންދާނީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ އުއްމީދާވެސް ގުޅިފައިވާ ކަމަކަށް މެނުވީ ނުވާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ވަކިވަންޏާ ވެގެންދޭ، ބަލަ ކަލޭ ނެތަސް ކުންފުނި ހިނގާނެ. "ދެއަރ އިޒް އޯލްވޭސް އަ ރިޕްލޭސްމަންޓު"

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ