"ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވާލައިފިއެވެ.
ތަޢުލީމުގެ ޤާނޫނުގެ ގައިވާ ފަދައިން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އުފައްދައި އެކަން މިވަނީ މިއަދު ހާމަކޮށްފައެވެ.
ބޯޑުގެ ރަޖިސްޓްރާރއަކަށް އައްޔަން ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޢާޠިޔާ ނަޞީރުއެވެ. މީގެ އިތުރުން އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާއަށް ކަނޑައަޅުއްވާފައިވަނީ އެޑިޔުކޭޝަން އޮފިސަރ ނަހުޒާ ޝަރީފްއެވެ.
ކިޔަވައިދިނުމުގެ ދާއިރާއަށް ކަނޑައަޅުއްވާފައިވަނީ އެޑިޔުކޭޝަން އޮފިސަރ ޔުސްރާ މުރާދުއެވެ. ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ އަށް ކަނޑައަޅުއްވާފައިވަނީ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އާމިނަތު މުޙައްމަދުއެވެ. އަދި ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ އަށް ކަނޑައަޅުއްވާފައިވަނީ އެޑިޔުކޭޝަން އޮފިސަރ ފައުޒިއްޔާ ޢަލީ،
ޓީޗާސް ރަޖިސްޓްރޭޝަން ބޯޑަކީ ޤާނޫނުގައި ބުނާ ކަންކަން ބަލެހެއްޓުމަށް އެކުލަވާލާފައި ބޯޑެކެވެ.
ކޮމެންޓު ފޮނުވާ