ތިމާވެއްޓާބެހޭ ސަމިޓް COP26 ލަސްކުރުމާ ނަޝީދު ދެކޮޅު

ތިމާވެއްޓާބެހޭ ސަމިޓް COP26 ލަސްކުރުމާ ނަޝީދު ދެކޮޅު

Author
ހުސެއިން
08 ސެޕްޓެމްބަރ 2021 01:04
0

ތިމާވެއްޓަށް އަންނަ ބަދަލުތަކާބެހޭ ބައިނަލް އަގުވާމީ ކޮންފަރެންސް COP26 ލަސްކުރުމަށް ބަައެއް ޖަމިއްޔާތަކުން ގޮވާލަމުންދާ ދިއުމާ ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

އަދިވެސް ކޯވިޑްގެ ހާލަތުން ދުނިޔެއަށް އަރައިގަނެވިފައި ނުވާތީ، ސްކޮޓްލޭންޑްގެ ގްލަސްގޯވް ސިޓީގައި، އަންނަ ނޮވެމްބަރު މަހުގެ 1 އިން 12އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިސަމިޓް ފަސްކުރުމަށް ދުނިޔޭގެ ތިމާވެއްޓާބެހޭ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.

މިގޮތުން މި ސަމިޓް ލަސްކުރުމަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައި ވަނިކޮށް، މިއަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދުނިޔެ މިހާރުވެސް އޮތީ މޫސުމީ ކުއްލި ހާލަތެއްގައި ކަމަށާއި، އެހެންކަމުން މި ސަމިޓް ލަސްކުރުމުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން، މި ސަމިޓްގައި އެއް ހަމަޔަކުން ތަރައްގީ ވަމުން އަންނަ ގައުމުތަކަށްވެސް، އަޅާފައިވާ ކޯވިޑް ވިޔަވަޅުތަކުގެ ތެރޭގައި، ބައިވެރި ވެވޭނޭ އުސޫލުތަކެއް ހޯދާ ދޭން ޖެހޭކަމުގައެވެ.

ތިމާވެށީގެ ނުރައްކާ އެންމެ ބޮޑު ގައުމުތަކުން އެކުވެގެންވަނީ، މިސަމިޓަށް ހުށަހަޅުއްވާނެ މެނިފެސްޓޯއެއް މިހާރު އެކުލަވާލާފައެވެ. މިގޮތުން، ދުނިޔޭގެ އާބާދީގެ 1.2 ބިލިއަން މީހުން ތަމްސީލުކުރާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް، (CVF) އިންވަނީ، ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ދިއުމާ ދެކޮޅަށް ހަގުރާމަ ކުރުމަށްޓަކާ، އަދި ދުނިޔެއަށް އަތުވެދާނެ ގުދުރަތީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށްޓަކާ މުހިންމު އަދި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މި ސަމިޓަށް "އެމަޖެންސީ ޕެކްޓް" ގެ ނަމުގައި މި ސަމިޓަށް މުހިންމު ހުށަހެޅުންތަކެއް ހުށަހެޅުމަށް ތައްޔާރު ވެފައެވެ.

ނަޝީދުއަކީ، ސީވީއެފްގެ އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.

ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ ގިނަ ޖަމިއްޔާތަކުން ދަނީ، ދުނިޔޭގެ ގައުމުތަކުގައި ވެކްސިން ޖެހުމުގައި މިވަގުތު އޮތް ހަމަހަމަކަން ކުޑަވުމާއި، އަދި ޔޫކޭގައި މި ދަނޑިވަޅުގައި އަމިއްލައަށް ޚަރަދުކޮށްގެން އެކަމަޑޭޝަންގެ ކަންކަން ހަމަޖެއްސުމަށް ދުނިޔޭގެ ފަގީރު ގައުމުތަކަށް ދަތިވާނެތީ، އަދި މީގެ ނަތީޖާއެއްގެ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކުން ގިނަ ޑެލިގޭޓުންނަށް މި ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިދާނެތީ، މި ސަމިޓް ލަސްކުރުމަށް ގޮވާލަމުންނެވެ.

އެހެންނަމަވެސް، އިނގިރޭސި ސަރުކާރުން މިހާރު ބުނަމުންދަނީ، އެގައުމުން، "ރަތް ލިސްޓުގައި" ހިމަނާފައިވާ ގައުމުތަކުން މިސަމިޓަށް އަންނަ ޑެލިގޭޓުންނަށާއި، އޮބްޒާވަރުން އަދި މީޑިއާތަކުގެ އޮފިޝަލުންނަށް އެގައުމުގެ ސަރުކާރުން ޚަރަދު ކޮށްގެން ކަރަންޓީން ވުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމުގައެވެ.

އަދި ޔޫކޭގެ ހެލްތު މިނިސްޓަރީން ބުނެފައިވަނީ، އެގައުމަށް ދާ ހުރިހާ ޑެލިގޭޓުންނަށްވެސް ބޭނުންވާ ހާލަތްތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމްވެސް މިހާރު ހަމަޖައްސާފައިވާ ކަމުގައެވެ.

ފްރާސްންގެ ވެރިރަށް ޕެރިސްގައި 2015ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމަންޓަށްފަހު، COP26 ހިމެނިގެން ގޮސްފައިވަނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކާ، ގައުމުތަކުން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރާ އެންމެ މުހިންމު ބައްދަލުވުން ކަމުގައެވެ.

މިގޮތުން މި ބައްދަލުވުމުގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިންގެ އިތުރުން، އެތައް ހާސް ޑެލިގޭޓުންނާއި، މަދަނީ ޖަމްއިއއްޔާތަކުގެ މެމްބަރުންނާއި މީޑިއާތަކުންވެސް މިބައްދަލުވުމުގައި ބައިވެރިވާނެއެވެ.

ބައެއް ފަރާތްތަކުން ބުނަމުންދަނީ، 6 މޭގެ ޓެރަރިސްޓް ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑިގަތުމަށްފަހު، ރާއްޖެ އެބުރިވަޑައި ނުގެން ނަޝީދު މަޑު ކުރައްވަނީ، COP26 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގަތުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރެކިދިޔެ
މަނިކުފާނުތިމާވެށީގެކޮންރޮގަކު ކިޔަވާގެންހުރިމީހެއް ރޯނުއެދުރު