ހިޔާ ފްލެޓް ލިބުނު ކަމުގައި ވީނަމަވެސް، ފްލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން 100 އަށްވުރެ ގިނަ އާއިލާއިން އެހީއަށް އެދިއްޖެއެވެ.
ފްލެޓްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ "އާންމު އެކުރިންގެ ޖަމްއިއްޔާ" އިން ބުނެފައިވަނީ، ފާއިތުމިވީ ދެ ދުވަސް ތެރޭގައިވެސް ފްލެޓް ހެދޭނެ ގޮތެއް ނެތިން 100 އަށްވުރެ ގިނަ އާއިލާއިން އެހީއަށް އެދިފައިވާކަމަށެވެ. އެޖަމްއިއްޔާ އިން ގެންދަނީ ހާލުގައި ދިރިއުޅޭ މީހުންނާއި، ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ ބައެއް އާއިލާތަކަށް ފްލެޓްގެ ފިނިޝިންގެ މަސައްކަތް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެޖަމްއިއްޔާއިން މިއެހީތެރިކަން ފޯރުކޮށް ދެމުންދަނީ، ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އެހީގައެވެ.
އެއްވެސް ކަމެއް ކުރާނެ ލާރިއެެއް ނެތް، ކޯވިޑުގަ ބައްޕަ ވަޒީފާ ގެއްްލި 2 އަހަރުވީ، ކޮންތާކުން 100،000 ރުފިޔާ ހޯދަނީ.
– ފްލެޓް ހެދޭނެ ގޮތެއް ނެތި އެހީއަށް އެދިކޮށްފައިވާ މެސެޖެއްގައިވެއެވެ.
އާންމު އެކުވެރިންގެ ގުޅުމުން ބުނެފައިވަނީ ސިޔާސީ ސަބަބު ތަކާހެދި ފްލެޓު ނުދީ 2 އަހަރު ތަޅުވަތަޅުވާފައި، އެންމެ ފަހުން ދިން އިރު ފިނިޝިން ނުނިންމާ 7،000 އާއިލާއަށް ބޮލަށް ފްލެޓުތަކުގެ ތޮށިގަނޑު ޖަހައި، އެވަރު ނުފުދިގެން ކޯވިޑުގެ ބޮޑު ބަންދެއް ތެރޭ، ތަކެތީގެ އަގު އެންމެ ބޮޑު ވެފައި ވަނިކޮށް 3 މަސްތެރޭ ތަން ނިންމަން އާންމުން ބޮލަށް ޖަހައި، އެކަމުގައި ވެވެން އޮތް އެެއްވެސް އެހީތެރިކަމެއްވެސް ނުދިން ސަރުކާރުގެ މި އަމަލުތައް އާންމުން ހަނދާން ނުނެތޭކަމަށެވެ.
ފިރިމީހާ 65 ވެއްޖެއް، އަތުގަ އެއްޗެއް ނެތްތާ ލޯނެއް ލިބޭނެ ގޮތެއްވެސް ނެތް.
– ފްލެޓް ހެދޭނެ ގޮތެއް ނެތި އެހީއަށް އެދިކޮށްފައިވާ މެސެޖެއްގައިވެއެވެ.
ގަނަ ތެޅިގެން، ދަރަނިވެރިވެގެން ވިޔަސް މިއަދު ތަނަށް މީހުން ވަންނާނެކަމަށާއި، ދިވެހިންނަކީ ކުރުވިސްނުމެއްގެ ވެރިބައެއްކަމަށެވެ. އެހެނަސް ސިޔާސީ ސަބަބަކަށް އާންމުންނަށް މި ޖެއްސި ތަކްލީފު އާންމުން ހަނދާނެ ނުނެތޭނެ ކަމަށާއި، ކުރީ ސަރުކާރުން ގޯސްކޮށް ކަމެއް ކޮށްފައި ވާނަމަ އޭގެ އަދަބު ދޭން ޖެހެނީ އެ ސަރުކާރުގެ ވެރިންނަށް ކަމަށާއި، އާންމު ރައްޔިތުންނަށް އޭގެ ހިތްދަތިކަން ކުރިމަތިކުރުގައިވައިގެން ނުވާނެކަމަށް ވަނީ ބުނެފައެވެ.
މިއީ 3 ދަރިން ބަލާ އެކަނިވެރި މައެއް، ސްކޫލް މަސައްކަތު މީހަކަށް އުޅެނީ، ކޮންތާކުން ތިލާރި ހޯދަނީ.
– ފްލެޓް ހެދޭނެ ގޮތެއް ނެތި އެހީއަށް އެދިކޮށްފައިވާ މެސެޖެއްގައިވެއެވެ.
ހިޔާ ފްލެޓު ތަކަކީ އެހެން ވެރިކަމަކުން ކުރިކަމަކަށް ވީތީ އާންމުންނަށް މި މުސީބާތް ޖެެއްސުމަކީ ވަރަށް ވިޔާނުދާ، އޭގެ ސިޔާސީ ގެއްލުންވެސް މި ސަރުކާރަށް މާ ބޮޑަށް ލިބޭނެ ކަމެއްކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. ހިޔާ އެއްްވެސް ކަމެއްގައި ސަރުކާރުން އެހީ ވެފަ ނުވާއިރު، ކުރެވެން އޮތް ކަންތައްވެސް ނުކޮށްދިން ކަމުގައި އާންމު އެކުވެރިންގެ ގުޅުމުން ބުނެއެވެ.
އެޖަމްއިއްޔާން ބުނެފައިވަނީ ފިނިޝިން އަށް އަތުން އެވްރެޖުކޮށް 100،000 ހަރަދު ވިއިރު އެއީ 13 މަހުގެ މަހު ކުލިކަމަށެވެ. އާންމުން ހިޔާ ގެ ކުލި ދައްކަން ފަށަންވީ 13 މަސް ފަހުން އަތުންދިޔަ ޚަރަދަށްފަހުގައި ނޫންތޯވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންވެ.
ހިޔާގެ ފްލެޓް ހެދޭނެ ގޮތެއްނެތި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ކުލި ކުޑަކުރުމަށްވެސް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ކުލި ކުޑަކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ. ކުލި ކުޑަކޮށްފިނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ