ރައީސް ޅައިމަގު ކައުންސިލާ ބައްދަލު ކުރައްވަނީ

ޅައިމަގު ކައުންސިލް މެމްބަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ޅައިމަގު ކައުންސިލް މެމްބަރުންނާ ރައީސް ބައްދަލު ކުރައްވައިފި

ގުޅުންހުރި

ރ. އަތޮޅަށާއި އަދި ށ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ށ. ޅައިމަގު ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި އެރަށުގެ އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެމްބަރުވެސް ވަނީ ބައިވެރި ވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި، ޅައިމަގުގެ ތަރައްގީގާއި ގުޅޭ ގިނަ ކަންކަމުގެ މައުލޫމާތު ކައުންސިލް މެމްބަރުންވަނީ ރައީސަށް އަރުވާފައެވެ. މީތެރޭގައި ޅައިމަގު ހާބަރުގެ މައްސަލައާއި، އެރަށަށް ކުރިމަތި ވެފައިވާ ކަރަންޓުގެ މައްސަލަތަކާއި، ސިއްޙީ މަރުކަޒުގެ ލެބޯޓްރީގެ މައްސަލަތަކާއި، ގޮޑު ދޮށް ހިމާޔަތް ކުރުމުގެ އިތުރުން، ޚިދުމަތްތައް ލާމަރުކަޒު ކުރުމާއި ގުޅޭގޮތުންވެސް ރައީސުލްޖުމުހޫރިއްޔާ ވަނީ، ކައުންސިލް މެމްބަރުންނާ މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ ދަތުރުފުޅާ ގުޅޭގޮތުން ސަރުކާރުން ހާމަކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް މިސަރުކާރުން ޅައިމަގުގައި 5 މަޝްރޫއެއްވަނީ ނިންމާފައެވެ. މީގެއިތުރަށް މިހާރު ހިގަމުންދާ އެއް މަޝްރޫޢާއި، ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ އެއް މަޝްރޫޢޫގެ އިތުރުން މިހާރު ވަނީ އިތުރު 3 މަޝްރޫޢެއް ޓެންޑަރ ކޮށްފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ށ. އަތޮޅު ހޮސްޕިޓަލަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެދެކަނބަލުން އެރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ