ގެނބުނު ފަތުރުވެރިޔާ މަރުވެއްޖެ

ގެނބުނު ފަތުރުވެރިޔާ މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2021 02:47
0

ޅ.ކުރެއްދޫ ރިސޯޓުގައި މޫދަށް އެރި އުޅުނިކޮށް ގެނބުނު ފަަތުރުވެރިޔާ މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެ ރިސޯޓްގައި މޫދަށް އެރި އުޅުނު އިންޑިއާގެ 40އަހަރުގެ ފިރިހެން ފަތުރުވެރިއަކު ހަރަކާތެއް ނެތި އިއްވާ ފެނިފައިވާކަަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:40 ހާއިރު ކަމަށެވެ.

ކުރެއްދޫ ރިސޯޓުގެ މަނާ ސަރަހައްދަކަށް މޫދަށް އެރި އުޅެނިކޮށް ގެނބުނީ އިންޑިއާގެ ފަތުރުވެރިއެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ވަނީ މިހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.