ސިއްޚީ އޮފިޝަލުންނާއި، ފުލުހުން ދަނޑަށް އަރައި ބްރެޒިލް، އާޖެންޓީނާ މެޗު ހުއްޓުވައިފި

ސިއްޚީ އޮފިޝަލުންނާއި، ފުލުހުން ދަނޑަށް އަރައި ބްރެޒިލް، އާޖެންޓީނާ މެޗު ހުއްޓުވައިފި

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2021 10:01
0

ބްރެޒިލްގައި އަމަލުކުރަމުންދާ ކޯވިޑް-19ގެ ގައިޑްލައިނާއި ޚިލާފްވުމުން ރޭ ކުޅެން އޮތް ބްރެޒިލް އާއި އާޖެންޓީނާ މެޗު ފެށިތަނާހެން، ބްރެޒިލްގެ ޞިއްޚީ އޮފިޝަލުންނާއި، ފުލުހުން ދަނޑަށް އަރައި، މެޗު ހުއްޓުވައިފިއެވެ.

ހެލްތު އޮފިޝަލުންނާއި، ފުލުހުން ދަނދަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވެފައިވާ ހަތަރު ކުޅުންތެރިއަކު ހިމެނުމުންނެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ. މީގެ ތެރެއިން ލޮ ސެލްސޯ އާއި، ރޮމޭރޯ އަދި މާޓީނޭޒް ވަނީ އާޖެންޓީނާގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އިންގްލެންޑް ހިމެނޭއިރު، އިންގްލެންޑުން ދަތުރެއް ފަށައި 14 ދުވަސްނުވާ މީހަކު ބްރެޒިލަށް އައިސްފިނަމަ، އެ ގައުމުގައި ވަކި މުއްދަތެއްގެ ކަރަންޓީން ވާން ޖެހެއެވެ. އެހެންކަމުން ބްރެޒިލުގެ ސިއްހީ އޮފިޝަލުން ވަނީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ބްރެޒިލުގެ ސިއްހީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ނިންމާފައެވެ.

ބްރެޒިލްގެ އިން ނެރެފައިވާ ރެޑް ލިސްޓުގެ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. އިނގިރޭސިވިލާތުން ބްރެޒިލްއަށް އެތެރެވާ މީހެއް ނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަން ޖެހެއެވެ. ނަމަވެސް މި ހަތަރު ކުޅުންތެރިން ބްރެޒިލްއަށް އެތެރެވެ ކަރަންޓީނެއް ނުވެއެވެ. މި ހަަތަރު ކުޅުންތެރިން ހައްޔަރުކުރީ ކަރަންޓީނު އުސޫލާއި ހިލާފުވުމުންނެވެ.

އާޖެންޓީނާ ޓީމުގައި އިންގްލެންޑުން އައި ހަތަރު ކުޅުންތެރިއަކު ތިބި ނަމަވެސް، މި މެޗާ ކުރިމަތިލި ބްރެޒިލް ޓީމުގައި އިންގްލެންޑުގައި ކުޅޭ ނުވަ ކުޅުންތެރިއަކު ހިމަނާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.