މިދައުރުގައި މަޖިލީހަށް ހާޒިރުކުރާ ފުރަތަމަ ވަޒީރަކަށް އަސްލަމް

މިދައުރުގައި މަޖިލީހަށް ހާޒިރުކުރާ ފުރަތަމަ ވަޒީރަކަށް އަސްލަމް

Author
މުޙައްމަދު ޝަޒައިމް
05 ސެޕްޓެމްބަރ 2021 10:33
0

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުގައި އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރު ކުރަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް، ކުރައްވާ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ. އަސްލަމާއި ކުރުމަށް ހަމަޖެހިފައިވާ ސުވާލަކީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރ ގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟ އާއި
އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާތާކުތޯ؟ އޮޅުން ފިލުވުމަށެވެ.

އަސްލަމާއި ސުވާލު ކުރެއްވުމަށް ލިބޭ ފުރުސަތުގައި އެހެން މެމްބަރުންނަށްވެސް ސުވާލު ކުރުމަށް 20 މިނިސްޓްގެ ފުރުސަތެއް ލިބިގެންދާނެއެވެ. މިއީ މިދައުރުގައި މަޖިލީހަށް ސުވާލު ކުރުމަށް ހާޒިރުކުރާ ފުރަތަމަ މިނިސްޓަރެވެ.

މިނިސްޓަރ އަސްލަމަކީ މަޖިލީހުގެ ނިމިދިޔަ ދައުރުގައި އެންމެ ގިނައިން މަޖިލީހަށް ހާޒިރުކުރި ވަޒީރެވެ. މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރު ކުރުކޮށް ކުރެވުނު ސުވާލުތަކުގައި ދެއްވި ޖަވާބުތަކުގެ ސަބަބުން ގިނަ މެމްބަރުންވަނީ މިނިސްޓަރ އަސްލަމާއިމެދު ވަރަށްބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މާދަމާގެ ޖަލްސާގައިވެސް މެމްބަރުން ބޯހިޔާވަހިކަމާއިގުޅޭ ގިނަ ދުވާލުތަކެއް އަސްލަމަށް ކުރިމަތި ކުރުވާނެކަމަށް ބެލެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

n naaila
kurimaeh adhieh nei failvefa huri beykaarmeehe husfonionnani