އިސްލާމް ފޮތާއި ޤުރުއާން ފޮތްތައް ރިވިއުކުރަނީ

އިސްލާމް ފޮތާއި ޤުރުއާން ފޮތްތައް ރިވިއުކުރަނީ

Author
މުޙައްމަދު ޝަޒައިމް
05 ސެޕްޓެމްބަރ 2021 10:06
0

ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަންގެ ބޭފުޅުން ނުހިމެނޭ މިނިވަން ފަންނީ ޓީމަކުން އިސްލާމް ފޮތާއި ޤުރުއާން މާއްދާގެ ހުރިހާ ފޮތްތަކެއް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެއިންސްޓިޓިއުޓުން ހާމަކޮށްފިއެވެ.

މިފޮތްތައް ރިވިއު ކުރަން ފަށާފައިވަނީ ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުން ޝާޢިޢުކޮށްފައިވާ ތަދުރީސުލްޤުރުއާން ގްރޭޑް އެކެއް ދަރިވަރުންގެ ފޮތުގެ ދެވަނަ ޔުނިޓުގެ 64 ވަނަ ސަފްހާގައި ދެ ސޫރަތެއްގެ އާޔަތްތައް އެކުލެވިފައިވާކަން ފާހަގަކުރެވިގެން ބެލި ބެލުމުން ކުރީގައި އެކުލަވާލާފައިވާ އެހެން ބައެއް ގްރޭޑްތަކުގެ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައިވެސް ކުށް ހުރިކަމަށް ފާހަގަކުރެވިގެން ކަމަށް އެ އިންސްޓިޓިއުުން ހާމަކުރައްވާފައިވެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުންވަނީ ތަދުރީސުލްޤުރުއާންގެ ގްރޭޑް އެކެއްގެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ސޫރަތުއްނަބައު ކިޔަވާދޭއިރު ކީރިތި ޤުރުއާންގައި އޮންނަ ގޮތަށް ކިޔަވާދިނުމަށް އަންގަވާފައެވެ. އަދި ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައިވާ ކުށް އިސްލާޙް ކުރުމަށްފަހު މިފޮތުގެ ދެވަނަ ޔުނިޓުގެ 64 ވަނަ ޞަފްހާ އޮންނަންވީ ގޮތަށް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށާއި، އިސްލާހް ކޮށްފައިވާ ޞަފްހާ ދަރިވަރުންގެ ފޮތުގައި ތަތްކޮށްދެއްވުމަށް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުންވަނީ އެދިވަޑައިގެންފައެވެ.

މިފޮތްތަކަކީ ޕްރިންޓު ކުރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއާއި އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބަލާ ޗެކްކޮށްފައިވާ ފޮތްތަކެއް ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ކުށްތަކާއެކު ފޮތް ޝާޢިޢު ކުރެވެން ދިމާވި ގޮތް ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަނުން ގެންދަވަނީ ބަލަމުންނެވެ. އަދި އެފަދަ ކުށެއް ތަކުރާރު ވިޔަނުދިނުމަށާއި ފޮތް އެކުލަވާލުމުގެ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިއަދުން ފެށިގެން ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް އެ އިންސްޓްޓިއުޓުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަސްލު ފޮތް
އަސްލު އޮތްގޮތް ބަދަލުވުމަކީ ޓައިޕހިންގ ކުރާއިރު އެޑިޓިންގ މައްސަލައެއް ދިމާވުމުންވެސް ކުރިމަތިވެދާނެ ކަމެއް.. އެކަމަކު އެއްފަހަރާ އޮޅިގެން ދިއުމުން އަސްލު ބަދަލުކުރަން އުޅޭބަޔަކު މަދުންނަމަވެސް ތިބިކަން ހާމަވާކަލަ??? ހުރިހާއޮޅުންބޮޅުން އެއްފަހަރާ!!!!!