ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީއަކީ ވައްކަން ބެލުމަށް ހަވާލުކޮށްފައިވާ ޕާޓީއަށްވާއިރު، ވައްކަންތަކަށް އިންސާފު ނުހޯދެނީ ކީއްވެތޯ ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު، އަދާލަތު ޕާޓީއަށް ސުވާލު ކުރައްވައިފިއެވެ.
ޝަރުއީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ނުފޫޒު ފޯރުވައި، ދޮގު މައުލޫމާތުތައް ފަތުރަމުން ގެންދަނީ ކުރީގެ ސަރުކާރު ކޮށްފައިވާ ވައްކަންތައް ފޮރުވުމަށްޓަކައި ކަމަށް އަދާލަތު ޕާޓީން ވަނީ މިއަދު ބުނެފައެވެ. އެޕާޓީން މިހެން ބުނެފައިވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މިހެން ބުނީ، އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވައި، ޝަރީއަތްތަކަށް ނުފޫޒު ފޯރުއްވާ ކަމަށް ކުރީގެ ފަނޑިޔާރުންތަކެއް ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ.
އަދާލަތުން ދެއްކި ވާހަތަކާއި ގުޅިގެން ދިޔާނާ ވިދާޅުވީ ރާއްޖޭގެ ހޯމް މިނިސްޓަރ އަކީ އަދާލަތު ޕާޓީގެ މެމްބަރެއް ކަމަށެވެ. އަދި އެޕާޓީގެ ރައީސްކަމަށެވެ. ވައްކަން ހުއްޓުވުމުގެ އެންމެ ބޮޑު ޒިންމާ އަދާލަތު ޕާޓީގައި އޮތްއިރު، ޒިންމާ އަދާނުކުރައްވައި، ފަސްޖެހެމުންދާކަމީ ފެންނަ މަންޒަރުކަމަށް ދިޔާނާ ވިދާޅުވިއެވެ.
އަޖައިބު ވެދާނެ، ވައްކަން ތަހުގީގް ކުރަން ހަވާލުވެފައި އޮތީ އަދާލަތާއި ނޫންތޯ؟ ހޯމް މިނިސްޓަރ އިމްރާން އަކީ ކޮން ބޭފުޅެއްތޯ؟ އަދާލަތު އަކީ ސަރުކާރުގެ ހިއްސާދާރަކަށް ނުވޭތޯ؟ ކީއްވެތޯ ވައްކަމަށް އިންސާފު ހޯއްދަވައި ނުދެއްވާ ތި، ތިއްބެވީ؟
– ދިޔާނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އަގުވައްޓާލުމަށް ކުރާ މަސައްކަތް ކުށްވެރިކޮށް، ޢަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅިވީ، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެ ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް، ސަރުކާރުގެ ނުފޫޒެއްނެތި ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުޢީ ދާއިރާގެ އަގުވާއްޓާލައި ޢަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ޢަދާލަތު ޕާޓީން ކުށްވެރި ކުރާކަމަށެވެ.
ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ ޢަމަލުތަކަކީ އިންސާފުވެރި މުޖުތަމަޢެއް ބިނާކޮށް ހެޔޮވެރިމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.
ސިޔާސީ މަޤުޞަދުތަކެއް ޙާސިލުކުރުމަށް އެއްވެސް، ހަމައެއްލަމައެއް ނެތި، ހާމަކަން ބޮޑުގޮތެއްގައި ދިވެހިރާއްޖޭގެ ސުޕުރީމް ކޯޓާއި އެންމެހާ ޝަރުޢީ ކޯޓުތައް ހިމެނޭހެން ޝަރުޢީ ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ޤާނޫނު ހަދާ މަޖިލީހާއި ސަލާމަތީ ޚިދުމަތްތަކުގެ ހައިބަތާއި ޤަދަރު ގެއްލުވާލައި ތަކުރާރުކޮށް ޤާނޫނާ ޚިލާފު އަމަލުތައް ހިންގަމުން ގެންދިޔަ ވެރިކަމެއް އިންތިޚާބުގެ ޒަރީއާއިން ބަދަލުކޮށް ޢަދުލުއިންސާފުގެ ދާއިރާ މިނިވަން ކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ކާމިޔާބުކަމާއެކު ފުދެމުން ދިއުމަކީ ޢަދާލަތު ޕާޓީން އުފަލާއެކު ބަލައިގަންނަ ކަމެއްކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
One Response
އިމްރާނު ދައްކާކަށް ތާހިރު ވާހަކައެއް ނޫން ތިޔައީކީ މެއިޑެއިގެ މުޒާހަރާގަ މީހެއްގެ މަރުގެ ތުހުމަތު ޔާމީނު ބޮލުގަ އަޅުވާފަހުރި މީހެއް ތިޔައީ. ފުރަތަމަ އިމްރާނު ތަޢުޒީރު ކުރަންވީ