އިރާނުގެ އަސްކަރީ ކޮމާންޑަރުންނާއެކީ ރޫހާނީ ލީޑަރު ބޭއްވި ބައްދަލު ވުމެގައިގައި މޭޖަރ ޖެނެރަލް ހަސަން ފީރޯޒުއާބާދީ ވާހަކަ ދައްކަވަނީ

އިރާނުގެ ރޫޙާނީ ލީޑަރުގެ އެންމެ އިސް އަސްކަރީ މުޝީރު އަވަހާރަ ވެއްޖެ

އިރާނުގެ ރޫޙާނީ ލީޑަރުގެ އެންމެ އިސް އަސްކަރީ މުޝީރު އަވަހާރަ ވެއްޖެ

އިރާނުގެ އެންމެ އިސް އަސްކަރީ އޮފިޝަލެއްގެ ގޮތުގައި ފާއިތުވެދިޔަ 30 އަހަރުވަންދެން ހުންނެވި، އަދި އެގައުމުގެ ރޫޙާނީ ލީޑަރުގެ އެންމެ އިސް އަސްކަރީ މުޝީރު، "އާލާސް ކަންފުޅެއްގައި" އަވަހާރެ ވެއްޖެކަމަށް އިރާނުގެ ރަސްމީ ނިއުސް އޭޖެންސީ އިރްނާއިން ހާމަ ކޮށްފިއެވެ. އިރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ އަވަހާރަވެފައި ވަނީ ކޯވިޑަށް ޕޮޒިޓިވް ވެގެންނެވެ.

އުމުރުން 70 އަހަރުގެ ހަސަން ފީރޯޒްއާބާދީ އަވަހާރެވެފައިވާ އަސްލު ސަބަބެއް އިރްނާ ނިއުސް އޭޖެންސީން ހާމަ ކޮށްފައެއް ނުވެއެވެ. އިރާނުގެ އެހެން ނޫސް އޭޖެންސީތައް ކަމުގައިވާ އިސްނާ އަދި ފާރސްއިން ރިޕޯޓު ކޮށްފައިވަނީ، ފީރޯޒުއާބާދީ ނިޔާވެފައިވަނީ ކޯވިޑް އާލާސްކަންފުޅުގައި ކަމުގައެވެ.

ފީރޯޒްއާބާދީ މޭޖަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓުކޮށް އަދި އޭނާ އިރާންގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފަކަށް ހަމަޖައްސާފައިވަނީ، 1986 ވަނަ އަހަރު އޭރުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނެއިއެވެ. އަދި އެއަށްފަހު އޭނާ ވެވަޑައިގަތީ އިރާނުގެ ރޫޙާނީ ލީޑަރަށްވފަހު އެގައުމުގެ އަސްކަރިއްޔާގެ އެންމެ އިސް އަސްކަރީ އޮފިޝަލް ކަމުގައެވެ. އެހެންނަމަވެސް އޭނާއަކީ ދުވަހަކުވެސް އިރާނުގެ އަސްކަރިއްޔާގައި އަމަލީގޮތުން ހަރަކާތްތެރި ވެފައިވާ ފަރާތެއް ނޫނެވެ.

އޭނާ 2016 ވަނަ އަހަރާ ހަމައަށް އަސްކަރިއްޔާގެ އެންމެ އިސް އޮފިޝަލުގެ ގޮތުގައި ހުންނަވަނިކޮށް އެއަހަރުން ފެށިގެން އިރާނުގެ ރޫހާނީ ލީޑަރުވަނީ އޭނާއަކީ ސުޕްރީލް ލީޑަރުގެ ސީނިއަރ އެޑްވައިޒަރު ކަމުގައި ހަމަޖައްސަވާފައެވެ. އަދި އޭނާއަކީ ޚަމަނެއިއަށް ލަފާއަރުވާ އެކްްޕެޑެންސީ ކައުންސިލްގެ މެމްބަރެއްވެސް މެއެވެ.

އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތުގައި، އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންއިން ވަނީ ފީރޯޒުއާބާދީއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *