މުޅި ޖޭއެސްސީ އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފަ: ޑރ.ޖަމީލް

މުޅި ޖޭއެސްސީ އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފަ: ޑރ.ޖަމީލް

ގުޅުންހުރި

ރާއްޖޭގެ ޖުޑިޝަލް ސާވިސް ކޮމިޝަން އޮތީ އެންމެ ލޯފާމެއްގެ ތެރޭގައި ތާށިވެފައި ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖުޑީޝަރީ މިނިވަން ކުރުމަށް ވައުދުވެ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު، އެވައުދު ނުފުއްދާތީ ވަރަށްބޮޑަށް ފާޑުވިދާޅުވެ، މިރޭ އިދިކޮޅުން ބާއްވާ "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަންކޮށް ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރަން އައިމީހުން ވަނީ މުޅި ޖުޑީޝަރީ ހިސޯރު ކޮށްފައިކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖުޑީޝަރީގެ ކަންކަން އިސްލާހުކޮށް އެކަންކަން ރަނގަޅު ކުރަން އައިމީހުންގެ އަމާޒަކީ އެންމެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގައި، މުޅި ޖުޑީޝަރީ އެމީހެއްގެ މައްޗަށް އަނިޔާވެރިވުންކަމަށެވެ. ރައީސް ޔާމީނަކީ މިއަދު މިސަރުކާރާއި، މުޅި ޖުޑިޝަރީ ފަހަތުން ދުވާ މީހަކަށް ވެފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީން އެއްކަމެއް ވަރަށް މޮޅަށްކޮށްފި. ވެރިކަމަށް އައީ އިންސާފު ކަށަވަރުކުރާނެ ޕާޓީކަމަށްބުނެ. ވެރިކަމަށް އައީ ޖޭއެސްސީ ކިޔާ، އެކޮމިޝަން މިނިވަން ކުރާނެ ޕާޓީކަމަށްބުނެ. މިނިވަން ޖުޑީޝަރީއެއް ގެންނާނެކަމަށްބުނެ.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި އެންމެބޮޑު ފާސިގުން މިއަދުވެސް ތިބީ ގޭގައި ބައިތިއްބާފައިކަމަށެވެ. އެއްބަޔަކު ނިދާ މެޝިނުގައާއި، ޓެރަރިޒަމްގެ މެޝިންތަކުގައާއި، އެނޫންވެސް އެމީހަކު ބޭނުންވާ ކަހަލަ މެޝިނެއްގައި އޮތްކަމީ މިއަދު ފެންނަން އޮތް ހަގީގަތްކަމަށެވެ. ޖަމީލް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން މިކަން ނިންމަން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. ރާއްޖޭގައި އެއްވެސް އަދުލުވެރިކަމެއްނެތްއިރު، މުޅި ޖުޑިޝަރީ އޮތީ އެންމެ ލީފާމެއްގެ ތެރޭގައި ތާށިވެފައިކަމަށެވެ.

ޝަރުއީ ކޯޓުތަކުން ކުރަމުންދަނީ ނަޖިސް ހުކުމްތަކެއްކަމަށާއި، މިހުކުމްތަކަަކީ މާދަމާ މިކަން ކުރާމީހުން އަރާ ހަމަކުރާނެ ހުކުމްތަކެއްކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިކަމަށް ސިޔާސީ ނުފޫޒު ވައްދާ މީހުން މިކަންކަމަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތްކަން ހަނދާން ކުރަންޖެހޭކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލްގެ ފާޑުކިޔުން ޖޭއެސްސީއަށް އަމާޒުކުރިއިރު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހުބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤު ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މިއީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލު ކުރުމަށް ޠާރިޤު ހުށަހެޅުއްވި ދެވަނަ ފަހަރެވެ. މިއިސްލާހު ދެވަނަ ފަހަރަށް ހުށަހެޅުއްވި މައިގަނޑު ސަބަބަކީވެސް ޤާނޫނު އަސާސީ އިޞްލާހުކޮށް، ޖޭއެސްސީގެ އެތުރިފައިވާ ގޮތް ބަދަލުކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް ދެކޭތީކަމުގައި އޭނާ ވިދަޅުވިއެވެ. އަދި އެކަން ފަސްކުރެވެން ނެތްކަމަށް ދެކެވަޑައިގަންނަވާތީ ޤާނޫނު އަސާސީ އިޞްލާހުކުރުމަށް މަޖިލީހަށް އިޞްލާހު ހުށައެޅުއްވީކަމަށްވެސް ޠާރިޤް ވިދާޅުވިއެވެ.

ޖޭއެސްސީ ގައި ހިމަނަން ޠާރިޤި ހުށަހެޅުއްވި މެމްބަރުންނަކީ އުއްތަމަފަނޑިޔާރާއި ހައި ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ދަށު ކޯޓްތަކުން އިންތިޚާބުކުރާ ފަނޑިޔާރަކާއި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ވަކީލަކާއި ޔުނިވާސިޓީތަކުގައި ޝަރީއާ ކިޔަވައިދެއްވާ ލެކްޗަރާއިންގެ ތެރެއިން އިންތިޚާބުކުރާ ބޭފުޅަކާއި ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ތަޖުރިބާކާރު ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެތުރިފައި އޮތް ގޮތަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެއް ކަމަށާ، މި ސަރުކާރުގެ މަޤުސަދަކީ، އެކަށީގެންވާ ރަގަޅު ދިރަސާތަކެއް ކުރުމަށްފަހު އޭގެ މައްޗަށް އެ ކޮމިޝަން އެތުރިފައިވާ ގޮތް ބަދަލުކުރުން ކަމަށެވެ.

ޖޭއެސްސީގެ ކޮންޕޮޒިޝަން ބަދަލު ކުރުމަކީ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް ދައުރު ދެބައިވެރިން ދިޔައިރުވެސް މިވައުދު ފުއްދިފައިނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ޖަމީލުގެ ފިހާރައެއްގައި ބޭންދި ސޭޓު ވައްކަން ކުރާތީ ވަޒީފާއިން ވަކިކުރީ. ފަހުން އެފިހާރައިން ވަޒީފާއެއް ނުދިން. ގައުމުން ވައްކަން ކުރީމާ އަނެއްކާ އެމީހަކު ގެނެސް ވަޒީފާ ދޭން އޯކޭތޯ? ޖަވާބެއް ދެއްވާ.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ