ދިވެހި ރާޢްޖޭގެ ޤައުމީ މަސްލަހަތު ދިފާއުކުރެވޭނީ އެންމެހައި ދިވެހިން އެއްބައިވެގެން ކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބާއްވާ ޚާއްސަ ޖަލްސާގެ ދައުވަތު ދިވެހި ރައްޔިތުންނަށް ދެއްވައި ޣައްސާން ކުރެއްވި ޓްވީޓުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓޭނީ ދިވެހި އެންމެހައި ރައްޔިތުން އެއްބައިވެގެން ކަމަށެވެ. ޤައުމު މިއަދު ދަތުރު ކުރަމުންދާ މިސްރާބުން ހަމަ މިސްރާބަށް ދެވެން އޮތީ އެއްބައިވަންތަ ކަމާއިއެކު މަސައްކަތް ކޮށްގެންކަމަށް ޣައްސާން ވިދާޅުވިއެވެ.
މި ލޮބުވެތި ޤައުމުގެ މިސްރާބާއި، ހާލަތާއި މެދު ކޮންބޮޑުވެ ހުރިހާ ދިވެހި ދަރިންނަށް، ސިޔާސީ ބެލުމެއްނެތި، މިރޭ އޮންނަ އައްޑަނަ ޖަލްސާއަށް ދައުވަތު އަރިސްކުރަން. ޤައުމީ މަސްލަހަތު ދިފާއުކުރެވޭނީ އެންމެހައި ދިވެހިން އެއްބައިވެގެން.
– ޣައްސާން ވިދާޅުވިއެވެ.
Mi lobuvethi qaumuge misraabai haalathaai medhu kanboduva huriha dhivehin dharinnah, siyaasee fikurakah belumehnethi, mirey onna addana jalsa ah dhauvath ariskuran. Qaumy maslahath dhifaau kureveynee emmehai dhivehin ebbai vegen. #Addana #FreePresidentYameen pic.twitter.com/KOcvyDSaQF
— Mohamed Ghassan Maumoon (@mgmaumoon) September 3, 2021
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވާ ޖަލްސާއަށް “އައްޑަނަ” ނަން ދިނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، އިސްލާމްދީނަށް ފުރައްސާރަކޮށް، އަދުލު އިންސާފުގެ ތެރެއަށް އަތްބާނާ ފަދަ ކަންތައްތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅުވައިގެންނެވެ. ޖަލްސާގެ ބޭނުމަކީ މި ކަންބޮޑުވުންތައް ސަރުކާރަށް ތިލަކޮށްދިނުން ކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.
ޖަލްސާގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ސަރުކާރާ ހަމަޔަށް ތިލަކުުރުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 20:15 ގައެވެ.
ކޮމެންޓު ފޮނުވާ