އަފްއާނިސްތާނުގެ ޕަންޖުޝިރު ޕްރޮވިންސްގައި ހިގަމުންދާ ކުރިމަތިލުން ތަކުގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް

އަފްއާނިސްތާނުގެ ޕަންޖުޝިރު ޕްރޮވިންސްގައި ހިގަމުންދާ ކުރިމަތިލުން ތަކުގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް

Author
ހުސެއިން
02 ސެޕްޓެމްބަރ 2021 07:00
0

އަފްއާނިސްތާނުގެ ޕަންޖުޝިރު ޕްރޮވިންސްގައި ތިބި އަހުމަދު ޝާހު މަސްއޫދުގެ ތާލިބާން ޖަމާއަތާ ދެކޮޅު ހަގުރާމަވެރިންނާ އެ ޖަމާއަތާ ދެމެދު ހިގަމުންދާ ކުރިމަތި ލުންތަކުގައި، ދެފަރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގައި، ތާލިބާން ޖަމާއަތުން ބުނެފިއެވެ.

"ޕަންޖުޝިރު ޕްރޮވިންސްގައި ތިބި، ތާލިބާން ޖަމާޢަތާ ދެކޮޅު ހަގުރާމަވެރިންވަނީ، ތާލިބާން ހަގުރާމަވެރިންނަށް ހަމަލާ ދީފަ،" ތާލިބާންގެ ކަންޗުރަލް ކޮމިޓީގެ މެމްބަރެއް ކަމުގައިވާ އިނާމުﷲ ސަމަންގާނީ ވިދާޅުވެފައި ވެއެވެ. "މިގޮތުން ދިން ހަމަލާތަކުގެ ރައްދު ހަމަލާ ތާލިބާން ހަގުރާމަވެރިންވެސް ވަނީ ދިފާ، ނަތީޖާއެއްގެ ގޮތުން ދެފަރާތަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފަ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އަފްއާނިސްތާނުގެ ޚަބަރުތައް ގެނެސްދޭ އެގައުމުގެ ނިއުސް އެޖެންސީއެއް ކަމުގައިވާ ޓޯލޯ ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިދިކޮޅު ހަގުރާމަވެރިންނާ ތާލިބާން ޖަމާއަތާ ދެމެދު ވަރުގަދަޔަށް ހަމަލާ ބަދަލުކުރެވެން ފަށާފައިވަނީ މި ހަފްތާގެ އަންގާރަ ދުވަހުގެ ރެއިން ފެށިގެންނެވެ. އަދި މި ހަމަލާތަކާ ގުޅިގެން މި ޕްރޮވިންސްގެ އެތައް ބަޔަކު މިހާރު އަވަށްތައް ދޫކޮށް ދާން ފަށާފައިވާ ކަމަށްވެސް މި ނޫހުން ރިޕޯޓު ކޮށްފައި ވެއެވެ.

އަފްއަނިސްތާންގެ އޮފިޝަލެއްކަމުގައިވާ އާމިރު ޚާން މިއްޓަކި ވިދާޅުވެފައިވަނީ، އިދިކޮޅު ހަގުރާމަވެރިންނާ އެކީ ކުރިޔަށްދިޔަ ވާހަތަކުން އެއްވެސް އަލިމަގެއް ނުފެނި ވާހަކަތައް ވަނީ ނާކާމިޔާބު ވެފައި ކަމުގައެވެ.

އިދިކޮޅު ހަގުރާމަވެރިންގެ އެންމެ އިސް ކޮމާންޑަރު ކަމުގައި މަސްއޫދުގެ ތަރުޖަމާން ފަހުމް ދަޝްތީ ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ދެ ރޭވެސް ތާލިބާން ހަގުރާމަވެރިންވަނީ ތިން ދިމާލަކުން އެ ޕްރޮވިންސަށް ހަމަލާތައް އަމާޒު ކޮށްފައި ކަމަށާއި، އެހެންނަމަވެސް އެއްވެސް ކާމިޔާބެއް ލިބިފައި ނުވާކަމުގައެވެ.

"މި ހަމަލާ ބަދަލުކުރުން ތަކުގައި ތާލިބާން ހަގުރާމަވެރިންގެ އެތައް ބަޔަކު މަރުވެ، އަދި އިތުރު 7 މީހަކަށް ވަނީ އަނިޔާވެފަ،" ޓޯލޯ ނިއުސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

ތާލިބާން ފާއިތުވި އޮގަސްޓުމަހު އަފްއާނިސްތާންގެ ވެރިރަށް ކާބުލް އެމީހުންގެ ބަރުގެ ދަށަށް ގެނެސްފައިވި ނަމަވެސް، އެގައުމުގެ ހުޅަގު އުތުރުން އޮންނަ ޕަންޖުޝިރު ޕްރޮވިންސް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދެވިފައެއް ނުވެއެވެ.

އަދި މި ޕްރޮވިންސް މިހާރު ވެގެން ގޮސްފައިވަނީ، މީގެ އެތައް އަހަރެއް ކުރިން މަރާލެވިފައިވާ މަޝްހޫރު ހަގުރާމަވެރިޔާ އަހުމަދު ޝާހު މަސްއޫދުގެ 32 އަހަރުގެ ދަރިފުޅު އަހުމަދު މަސްއޫދުގެ ލީޑަރޝިޕްގައި، ތާލިބާންއާއި ދެކޮޅަށް ހަގުރާމަ ކުރަމުންދާ މައި މަރުކަޒު ކަމުގައެވެ. އަހުމަދު މަސްއޫދުވަނީ، ތާލިބާން ޖަމާއަތާ ދެކޮޅަށް ހަގުރާމަ އިއުލާން ކޮށްފައެވެ.

މީގެ 2 ހަފްތާކުރިން ތާލިބާން ޖަމާއަތުންވަނީ، ޕަންޖުޝިރު ޕްރޮވިންސް އަލުން ހިފުމަށް، މި ޕްރޮވިންސަށް އެ ޖަމާއަތުގެ އެތައްސަތޭގެ ހަގުރާމަވެރިންނެއް ފޮނުވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.