ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ވަގަށް ގޮވޭ ވަރުގެ ސިޔާސީ ލީޑަރެއް ނެތްކަމުގައި ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވެއްޖެއެވެ.
މިރޭ އިދިކޮޅު ކޯލިޝަނުން ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ކާނަލް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ނޫނީ އެއްވެސް މީހެއްގެ ޖީބަށް ނުވެއްޓި ވެރިކަން ކުރެއްވި ލީޑަރެއް ނެތްކަމަށެވެ. ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން މިހާރުވެސް ފެނިގެންދަނީ ސަރުކާރުގައި އެލިގެން އަމިއްލަ ޖީބު ބޮޑުކުރަން އުޅޭ ލީޑަރުންކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭނާވަނީ ރައީސް ޔާމީނަށް "ވަގަށް" ގޮވޭވަރުގެ ސިޔާސީ ލީޑަރެއް މިފަސްގަނޑުގައި ނެތްކަމަށެވެ. ރައީސް ޔާމީނަކީ ވައްކަމާއި ޚިޔާނާތާއިދުރު ސިޔާސީ ލީޑަރެއްކަމަށް ނަޝީދު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ވަގަށް ގޮވި ޤާސިމް އިބްރާހިމްއަކީ އަމިއްލަ މަސްލަހަތަށްޓަކައި އަބަދުވެސް މަސައްކަތް ކުރައްވާ މީހެއްކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނާއި ދިމާލަށް ހިތައް އެރި އެއްޗެއް ގޮވަމުންދަނީ ވަގުތީ މަންފާއަކަށް ކަމަށާއި، އެކަމުން ލިބޭނެ އެއްވެސް ފައިދާއެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޤާސިމަކީ މިހާރުވެސް ދައުލަތަށް 4 ބިލިޔަނެއްކާ ރުފިޔާ ދައްކަންޖެހޭ މީހެއްކަމަށެވެ. މިފައިސާއަކީ ރާއްޖޭގެ އެތަކެއް ރައްޔިތުންގެ ބޭސްފަރުވާއާއި، ފެނާއި ނަރުދަމާއާއި، އެނޫންވެސް ތަރައްޤީގެ ގިނަ ކަންތައްތަކެއް ކުރެވޭނެ ފައިސާތަކެއްކަމަށެވެ. މީހުންނަށް ވަގަށް ނުގޮވައި މިފައިސާ ދައުލަތަށް ދެއްކުން މާ އައުލާން ބޮޑުކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގައި މިއަދު ޕްރެސް ބޭއްވި ބޭފުޅުންކީ އޭނާ ޑީއާރުޕީގައި ހުންނެވިއިރުވެސް ކާށިދޫ ދާއިރާގެ މެމްބަރުގެ އަރިހަށް ވަރަށް ގިނައިން އެކި ކަންކަމު އައި މީހުންކަމަށެވެ. އަދި އެމީހުން މިއަދުވެސް އުޅެނީ އަމިއްލަ މަސްލަހަތަށްޓަކައި ކަމަށެވެ.
ކޮމެންޓު ފޮނުވާ