ބަރުލަމާނީ ނިޒާމަށް ބަހުސްކުރާނެ މެމްބަރަކު ނުވި

ބަރުލަމާނީ ނިޒާމަށް ބަހުސްކުރާނެ މެމްބަރަކު ނުވި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 09:51
0

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ބިލަށް މަޖިލީހުގައި ބަހުސް ކުރަން ފަށައިފިއެވެ.

ބިލް މަޖިލީހަށް ހުށަހެޅުއްވުމަށް ޖާބިރަށް ފުރުސަތު ދެއްވުމުން 70 އަށްވުރެ ގިނަ އިސްލާހު ހިމެނޭ މިބިލް ވަކިވަކިން ހުށަހެޅުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެތީ މަޖިލިސް ރައީސް ވަނީ ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ބިލް ވީހާވެސް އަވަހަށް ހުށަހެޅުމަށް ދަންނަވާފައެވެ. ނަމަވެސް ޖާބިރު ވިދާޅުވީ މިއީ ރައްޔިތުންނާއި ނުހަނު ގުޅުންހުރި ބިލަކަށްވުމުން މިބިލް ވަރަށް ރަފްސީލުކޮށް ރައްޔިތުންނަށް ސާފުވަންޖެހޭކަމަށެވެ.

ޖާބިރުގެ ވާހަތަކާއިއެކު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުރާ ނަންގަވައި މިފަދަ ތާކުންތާކު ނުޖެހޭ ބޭކާރު މަސައްކަތް ނުކުރުމަށް އަޑަށްބާރުލާފއި ވިދާޅުވެފައެވެ. ޝަރީފްވެ ވާހަތަކަށް ރައްދު ދެއްވަމުން ޖަބިރު ވިދާޅުވީ ޝަރީފަކީ މަޖިލީހުގައި "ވާނުވާ" ނޭގިގެން އުޅުއްވާ މެމްބަރެއްކަަމަށާއި، ޝަރީފް މަޖިލީހުން ބޭރުކުރަން ޖެހިދާނެކަމަށެވެ. މިބިލަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ބަހުސްކުރެއްވި ހަމައެމަނި މެމްބަރަކީ ޕީއެންސީގެ ނައިބް ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއެވެ. އޭނާވެސް މިބިލަށް ތާއީދުކޮށްފައި ނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހަކީ މިވަގުތު ބަހުސްކުރަން އެންމެ ރަނގަޅު އިސްލާހެއް ނޫންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެބޮޑަށް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޖާބިރު ހުށަހަޅުއްވަފައިވާ އިސްލާހު މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެޖެންޑާކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. ނަމަވެސް މިއީ ވެރިކަމުގެ ނިޒާމުގެ ވާހަކަ ދައްކައި ޤާނޫނަށް ބަދަލު ގެންނަވީ ވަގުތުނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގަ އެވެ. ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު، ގާނޫނު އަސާސީ އިސްލާހުކޮށްގެން، ނިޒާމް ބަދަލުކުރުމަކުން ރައްޔިތުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނައުމުގެ އިތުރުން ގާނޫނު އަސާސީ އާ ތައާރަޒުނުވާނެކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވާއިރު ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތުންގެ ވޯޓަކުން ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.