އިންޑިއާގެ ސްޕޯޓްސް ޑޭ ފާހަގަކުރަން އަމީތާބް ދެމަފިރިންގެ ރަންޒަމާނުގެ ފޮޓޯއެއް

އިންޑިއާގެ ސްޕޯޓްސް ޑޭ ފާހަގަކުރަން އަމީތާބް ދެމަފިރިންގެ ރަންޒަމާނުގެ ފޮޓޯއެއް

Author
ފާތިމަތު ނާވީ
30 އޮގަސްޓް 2021 02:44
0

އަމީތާބް ބައްޗަން އޭނާގެ އަންހެނުން ޖަޔާ ބައްޗަން އާއި ދަރިންނާއެކު ފުޓޮބޯޅަކުޅެން އުޅޭ "ތުރޯބެކް" ފޮޓޯއެއް ހިއްސާކޮށްފިއެވެ. މިއީ އިއްޔެ އިންޑިއާގައި ފާހަގަކުރި އެގައުމުގެ "ސްޕޯޓްސް ޑޭ" ފާހަގަ ކުރުމުގެ ގޮތުން އަމީތާބް ހިއްސާ ކުރި ފޮޓޯއެކެވެ.

މި ފޮޓޯގައި އަމީތާބް، ޖާޔާގެ އިތުރުން އެމީހުންގެ ދެ ދަރިން ކަމުގައިވާ އަބީޝޭކް ބައްޗަން އަދި ޝުވޭތާ ބައްޗަން ފެނިގެން ދެއެވެ.

ބެލެވޭ ގޮތުގައި މީ މީގެ 30 އަކަށް އަހަރު ކުރީގެ ފޮޓޯއެކެވެ. ފޮޓޯގައި އަމީތާބްގެ ދެމަފިރިން ޒުވާންކޮށް ފެންނައިރު ޝްވޭތާ އާއި އަބީޝޭކް ފެންނަނީ ވަރަށް ޅަކޮށެވެ. ނަމަވެސް ފޮޓޯ ހިއްސާ ކުރަމުން އެއްވެސް އިތުރު މައުލޫމާތެއް އަމީތާބް ހިއްސާކޮށްފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

ބޮލީވުޑްގެ ގިނަ ތަރިން ވަނީ "ނޭޝަނަލް ސްޕޯޓްސް ޑޭ" ފާހަގަ ކުރުމުގެ ގޮތުން ފޮޓޯ ހިއްސާ ކޮށްފައެވެ.

މަަސައްކަތްތަކަށް ބަލާއިރު އަމީތަބް ވަނީ އޭނާ ހޯސްޓު ކުރަމުންދާ ރިއަލިޓީ ޝޯވ "ކޯން ބަނޭގާ ކަރޯޑް ޕަތީ" ގެ 13 ވަނަ ސީޒަން އަލުން ފަށާފައެވެ. މީގެ އިތުރުން އޭނާގެ ކުރިއަށް އޮތް ފިލްމް ޗެހެރޭ ވަނީ ދާދިފަހުން ރިލީޒް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.