ހަރުކަށި ފިކުރަށް މީހުން ދަނީ އިސްލާމް މުގައްރަރުގެ ސަބަބުން ނޫންކަމަށް ވިދާޅުވެ، ހަރުކަށި ވިސްނުމަށް ދަރިވަރުން ދިއުން ހުއްޓުވުމަށް، އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމެވި ނިންމެވުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ރައްދު ދެއްވައިފިއެވެ.
ޒައިދު ވިދާޅުވީ އިސްލާމް މުގައްރަރުތައް ހެދިފައި ވަނީ އެންމެ މީހެއް ނުވަތަ ދެމީހެއްގެ ވިސްނުމަށް ނޫންކަމަށާއި، މުގައްރިރުތައް ހަދާފައި ހުންނަނީ އިސްލާމް ދީން ކިޔަވައިގެން ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމިޓީއަކުންކަމަށެވެ. އެއަށްފަހު އިސްލާމިކް މިނިސްޓްރީގެ ސީދާ ބެލުމުމުގެ ދަސުން އިސްލާމް މުގައްރިރުތަކުގައި ހަރުކަށި ކަމަކަށް ހިތްވަރު ދެވިފައިނުވާކަންވެސް ޢަލީ ޒައިދު ފާހަގަކުރެއްވިއެވެ.
"ވީމާ އިސްލާމް މުގައްރިރުތަކަށް ހަރުކަށި ކަމުގެ ތުހުމަތުކޮށް ބީ ފެކްޝަން ބޭފުޅުން ރުއްސަން އިސްލާމް މުގައްރަރުތަކާއި ގުޅެ ކޮށާ މަށާ ހެދުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެ ކަމެއް ނޫން. 100% ޔަޤީން އިސްލާމް މުގައްރަރު ތަކާއި ގުޅިގެން ނޫންކަން މީހުން ހަރުކަށި ވިސްނުމަށް ދަނީ.
– ޢަލީ ޒައިދު
V maa Islam muqarra thakah Harukashi kamuge thuhumathu koh B faction beyfulhun russan Islam muqarrar thakaa kulhe koshaa mashai hedhumaky ehves haaleh gai qabool kureveyne kameh noon! 100% yageen Islam muqarrar thakaa gulhigen noon kan meehun harukashi visnumah dhany.
— Ali Zaid (@alizaid1000) August 29, 2021
ޢަލީ ޒައިދު މިހެން ވިދާޅުވެފައިވާއިރު، ރޭ އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި، އެޕާޓީގެ މެއި 6 ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި ބައްދަލުކުރައްވާފައިވާކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ސްކޫލް ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު އޮތް މިންވަރާމެދު ވާހަކަދެކެވިފައިވާކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން އެކަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައިވާކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ. މިގޮތުން ރިވެންޝަން ޕްރޮގްރާމްތަކާއި ކްރިޓިކަލް ތިންކިންއާއި އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި ގުޅޭގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިކަމަށްވެސް ޙަސަން އަފީފް ވިދާޅުވިއެވެ.
ޙަސަން އަފީފް ވިދާޅުވިގޮތުގައި، ސްކޫލްތަކުގައި ހަރުކަށި ފިކުރަށް ގޮސްފައިވާ ދަރިވަރުން މިހާރު ދެނެގަނެވިފައިވާކަމަށާއި، މިގޮތުން އެ ފިކުރަށް ކުދިން ލެންބުމަށް ނިކަމެތި ދިރިއުޅުން އުޅޭކުދިންނަށް ޓާގެޓްކުރާކަންވެސް ދެނެގަނެވިފައިވާކަމަށެވެ. އަފީފް ވިދާޅުވީ، އިސްލާމް މާއްދާގައި ހުރި ނަފްރަތު އުފައްދާފަދަ ބައިތައް އެ މާއްދާއިން އުނިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަމަށާއި، އެފަދަ ފިކުރުތައް ހުއްޓުވުމަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީ ޓީޗަރުން ގެނައުމުގެ ވިސްނުން ގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާކަމަށްވެސް އަފިފް ރޭ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ގެންނަނީ ކިހާ އަދަދެއްގެ ޓީޗަރުންކަމެއް ހާމަކޮށްފައެއްނުވެއެވެ.
ކޮމެންޓު ފޮނުވާ