ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން

ލިވަޕޫލް އާއި ޗެލްސީ ވާދަކުރި މެޗު އެއްވަރު

ލިވަޕޫލް އާއި ޗެލްސީ ވާދަކުރި މެޗު އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރު، މި ދެ ޓީމުވެސް ވަނީ މި ސީޒަނުގެ ލީގުގައި ފުރަތަމަ ކުޅުނު 2 މެޗުން މޮޅުވެފައެވެ.

މެޗު ފަށައިގެން އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލީ ލިވަޕޫލުންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ރީސް ޖޭމްސް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ.

ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ލިވަޕޫލަށް ރެފްރީ ދިން ޕެނަލްޓީއަކުން މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ލަނޑެކެއެވެ. މި ޕެނަލްޓީ ލިވަޕޫލަށް ރެފްރީ ދިނީ މާނޭ ފޮނުވާލި ބޯޅަ ޗެލްސީ ޑިފެންޑަރު ރީސް ޖޭމްސް ލައިން މަތިން އަތުން ޖައްސައިގެން ބޭރުކޮށްލުމުންނެވެ. ރެފްރީ މި ނިންމުން ނިންމާފައިވަނީ ވީއޭއާރުވެސް ބެލުމަށްފަހުއެވެ. އަދި ރެފްރީ ވަނީ ރެފްރީ ވަނީ ޖޭމްސްއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެހެންކަމުން ޗެލްސީ ދެވަނަ ހާފް ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ޑިފެންސްކޮށްގެން ކުޅުނުއިރު، ލިވަޕޫލުން ވަނީ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.\

މި ނަތީޖާއާއެކު ލިވަޕޫލް ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލްގެ 3 ވަނައިގައެވެ. ޗެލްސީ އޮތީ 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު 2 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *