ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ކޮމެޓީން ފުލުހުންނާއި ސުވާލުކޮށްފި

ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ކޮމެޓީން ފުލުހުންނާއި ސުވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2021 12:08
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މީސްމީޑިއާގައި އިންޒާރު ދިން މައްސަލަ ތަހުގީގުކުރުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމެޓީ 241 ކޮމިޓީން ފުލުހުންނާއި ބައްދަލުކޮށް ސުވާލު ކޮށްފިއެވެ.

ބޮމުގެ ހަމަލާއަށްފަހު ރާއްޖެ އިން ބޭރުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަބުރާ ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން އޭނާ ވަނީ މިހާރު 15 ދުވަހަށް ޖަލަށް ލާފައެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ދަނީ ތަހުގީގް ކުރަމުންނެވެ. މިމައްސަލާގައި 241 ކޮމެޓީގެ ހުރިހާ ބައްދަލުވުމެއް އަދި ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. އެގޮތުން ފުލުހުންނާއި ބޭއްވި ބައްދަލުވުންވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ނަޝީދު ކުރެއްވި ޕޯސްޓަކަށް ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ވަނީ ނަޝީދު ރާއްޖެ ވަޑައިގަންނަވައިފި ނަމަ އެމަނިކުފާނަށް ގެއްލުން ދޭނެ ކަމަށް ފާޅުގައި އިންޒާރު ދީފައެވެ. އެ މީހާ ބުނެފައި ވަނީ ނަޝީދު އަނބުރާ ރާއްޖެ އައުމުން “ބަދުރުގެ ދުވަހު އަބޫ ޖަހުލަށް ހެދި ގޮތް ހަދާނެ” ކަމަށެވެ.

އޭނާ އަށް ރައްދުދީ އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ބުނި މީހަކަށް ވެސް އެ މީހާ ވަނީ ރައްދު ދީފައެވެ. އޭނާ ވަނީ 6 މޭއިގައި ހަމަލާ ދެވޭނެކަން ފެނުނު ކަމަށާއި ދެން ފަހަރަކުން އެއަށް ވުރެ ހިތި ވާނެ ކަމަށް ބުނެފައެވެ. އެ ކޮމެންޓުގައި އައިސިސްގެ ދިދަ އާއި ކަނޑިވެސް ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.