ނިމިދިޔަ ސީޒަންގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޗެލްސީގެ މިޑްފިލްޑަރ، ޖޯޖީނިއޯ ހޯދައިފިއެވެ،
މިއެވޯޑަށް އޭނާއާއި ވާދަކުރީ މެންޗެންސްޓަރ ސިޓީގެ ޑެބުރެއިންއާއި، ޗެލްސީގެ ކާންޓޭއެވެ. ޔޫރަޕުގެ މޮޅު ކުޅުންތެރިއޔާގެ މަގާމު ޖޯޖީނިއޯ ހޯދިއިރު، އޭނާ ވަނީ ޗެލްސީއާއެކު މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އިޓަލީއާއެކު މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.
2018 ވަނަ އަހަރުގެ ޖޯޖީނިއޯ ޗެލްސީ އަށް ބަދަލުވީ 50 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއާއެކު ޖޯޖީނިއޯ ވެގެން ގޮސްފައިވަނީ ޗެލްސީގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގެއްގައި އެ ކްލަބަށް ގެނައި މިޑްފީލްޑަރަށެވެ.
މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޗެލްސީއަށް ކުޅެމުން އަންނަ ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީއެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކަށް ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ޑިފެންޑަރު ރުބެން ޑިއާސް ހޮވުނުއިރު، މިދިޔަ ސީޒަނުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ޗެލްސީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންގޯލޯ ކާންޓޭއެވެ. އަދި އެންމެ މޮޅު ފޯވާޑަކީ ބްރޫޝިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ.
މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މި އަހަރުގެ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ތޯމަސް ޓުޗެލްއެވެ. ޓުޗެލް ވަނީ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވިތާ 124 ދުވަހުގެ ތެރޭގައި އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.
ކޮމެންޓު ފޮނުވާ