މިއަދު ކަރަންޓު ދޫކުރަނީ ހިޔާ ޓަވަރު 13 އަދި 14 އަށް

މިއަދު ކަރަންޓު ދޫކުރަނީ ހިޔާ ޓަވަރު 13 އަދި 14 އަށް

ގުޅުންހުރި

ހިޔާ ޓަވަރު ތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން، މިއަދު ކަރަންޓު ދޭނީ ޓަވަރު 13 އަދި 14 އަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި މިއަދު 13 އަދި 14 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެންދާނެކަމަށެވެ. އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި، ފްލެޓްގެ ތަޅުދަނޑިއާއެކު، ޓަވަރުތަކަށް ވަޑައިގަތުމަަށް ސްޓެލްކޯއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓް ލިބިފައިވާ ފަރާތްތައް ހާޒިރު ނުވެވިއްޖެ ނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.

ހިޔާ ހައުސިން ޔުނިޓްތަކުގެ އެގްރިމެންޓް ހަދާ، މިހާރުވަނީ ތަޅުދަނޑިވެސް ހަވާލުކޮށްފައެވެ. ޔުނިޓްތަކުގަ ނުނިމުހުރި ފިނިޝިން މަސައްކަތްތައް ކުރިއަށްގެންދެވޭނެ މުއްދަތު ސަރުކާރުންވަނީ މިއަހަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ