އީސީގެ މެމްބަރަކަށް އާސިފް އައްޔަން ކުރުމަށް ފާސްކޮށްފި

އީސީގެ މެމްބަރަކަށް އާސިފް އައްޔަން ކުރުމަށް ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2021 03:51
0

ހުސްވެފައިވާ އިލެކްޝަން ކޮމިޝަންގެ މެމްބަރުގެ މަޤާމަށް މުހައްމަދު އާސިފް (އިރުވައި އާސިފް) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ. އާސިފްގެ ނަން ތަޅުމަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 10 މެމްބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް އިސްތިއުފާ ދެއްވުމާގުޅިގެން މަޤާމު ހުސްވެފައިވާތީއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 5 ނަމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުވާފައެވެ. ފިލްމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާ އާސިފަކީ އިލެކްޝަން ކޮމިޝަންގައި މީގެކުރިން މަސައްކަތް ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ވޭތުވެދިޔަ ތިން އިންތިޚާބުގައި އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
EC gai ethah dhuvahaku masahkaiykoh thajuribaa libifaivaa lawyer eh ves huttai faas mivanee secondary school fenvaruge meehaa. Evves vezeefaaeh lhiyanakah noonee fahariakah nuvaa meehakah hama nulibeyne