މެމްބަރު ޝިޔާމް ކޯވިޑަށް ނެގެޓިވް، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: ޕީޕީއެމް

މެމްބަރު ޝިޔާމް ކޯވިޑަށް ނެގެޓިވް، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން: ޕީޕީއެމް

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 09:08
0

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހުގައި މިއަދު ހުންނަވަނިކޮށް ޞިއްޙީ ޙާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާގެ ކޯވިޑަށްހެދި ޓެސްޓު ނެގެޓިވްވެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނައިބު ރައީސް އަޙްމަދު ޝިޔާމްގެ ޓެސްޓްތަކެއް ހަދާ އިތުރަށް ޗެކްކޮށްލަން ޑޮކްޓަރު ބޭނުންވާތީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާ ދެމުންދާކަމަށެވެ. އަދި ޓެސްޓުތަކުން ކޯވިޑް 19 އަށް ނެގެޓިވްކަމާއި ޙާލުކޮޅު ރަނޅުވަމުން އަންނަ ކަމުގައިވެސް އެޕާޓީން ބުނެއެވެ.

2 ޖޫން 2020 ވަނަ ދުވަހުގެ ދަންވަރު 1:30 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ތަޅުމުގައި ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ދިން ޙަމަލާގައި މައިބަދައަށް ލިބުނު އަނިޔާތަކާ ގުޅިގެން، ޝިޔާމްގެ ސިއްޙީ އެކިއެކި މައްސަލަތައް ކުރިމަތިވަމުންދާކަން މި ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މެމްބަރު ޝިޔާމްއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮ ހަރަކާތްތެރިވާ އެއް މެމްބަރެވެ. އަދި މަޖިލީހުގައި އިދިކޮޅުގެ އަޑު އެންމެބޮޑަށް އިއްވާ އަދި ސަރުކާރު ޖަވާބު ދާރީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ އެއްބޭފުޅަކީވެސް މެމްބަރު ޝިޔާމްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.