މަންދީރަ ގުރޫޕުން ވިދާލި މާއު ނިޔާވެއްޖެ

މަންދީރަ ގުރޫޕުން ވިދާލި މާއު ނިޔާވެއްޖެ

Author
ޢަލީ އާދަމް
23 އޮގަސްޓް 2021 11:00
0

މަންދީރަ ބޮޑުބެރު ގުރޫޕުން ވިދައިލި ހއ.ކެލާ ޙުސެއިން ސަމާއު (މާއު) ނިޔާވެއްޖެއެވެ.

ހއ. ކެލަޔަށް އުފަން 22 އަހަރުގެ ހުސެއިން ސަމާއު (މާއު) އާއި، ހަސަން ސަމާހު (މާހު) އަކީ އެއްމާބަނޑު ދެބެންނެވެ. ދެ ޒުވާނުންނަކީވެސް ތެލެސީމިއާ ދެމީހުންނެވެ.

މާއު ނިޔާވީ މިރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލުގައެވެ. މާއުގެ އެކުވެރިއަކު ބުނީ އޭނާ އެންމެ ފަހުން ލޭ އެޅީ މިދިޔަ ހަފުތާގައި ކަމަށެވެ. އަދި މިއަދުގެ މާއުގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށިކަމަށް އޭނާ ބުންޏެވެ.

މާއު ހާލުދެރަވެގެން މިއަދު އިރުއޮއްސުނުއިރު ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

މާއު މަޝްހޫރުކަން ހޯދާފައި ވަނީ މަންދީރަ ގުރޫޕުގެ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.