ބަރުލަމާނީ ޕެޓިޝަނަކީ، ޤައުމީ މަޖިލީހުގެ ވޯޓު ހޯދަން ހަދާ އެއްޗެއް: މޫސަ

ބަރުލަމާނީ ޕެޓިޝަނަކީ، ޤައުމީ މަޖިލީހުގެ ވޯޓު ހޯދަން ހަދާ އެއްޗެއް: މޫސަ

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2021 08:44
0

ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވޯޓު ހޯދުމަށް ވަކި މަޤްސަދެއްގައި ހަދާ ޕެޓިޝަނެއް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ މި ޕެޓިޝަނަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން، އަދުގެ ސަރުކާރުންވީ ވައުދާއެއްގޮތަށް އެކަން އަވަހަށް ފެށުމަށް ބާރު އެޅުމުގެ ގޮތުން ހުށައަޅާ ޕެޓިޝަނެއް ކަމަށް އިންތިޒާމުކުރާ ފާރާތުން ބުނެނެވެ.

ޕެޓިޝަނާއި ގުޅިގެން މޫސަ ވިދާޅުވީ މިޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ނުކުރިޔަސް، ނިމޭއިރު މީގައި އާބާދީގެ ބޮޑު އިންސައްތައެއް ސޮއިކޮށްފައިވާނެކަމަށެވެ. އެއީ މިފަދް ކަންކަން ހިނގާ ގޮތްކަމަށް މޫސަ ވިދާޅުވިއެވެ. މި ޕެޓިޝަންގެ އަމާޒަކީ ބަރުލަމާނީ ނިޒާމު ނޫންކަމަށާއި، މިއީ ޤައުމީ މަޖިލީހުގެ ވޯޓު ހޯދުމަށްޓަކައި ވަކި ގޮތަކަށް ކުރެވޭ ކަމެއްކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

ބަރުލަމާނީއޭ ކިޔައގެން އޮޅުވާ ނުލާ، އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެމަބަރުން އިންތިޚާބުކުރާ ވޯޓުލާ މީހުނަށް ވަކިމަންޒަރެއް ދައްކަން ކުރާ ކަމެއްކަމަށް ބުނީމަ މަންޒަރު ސާފުވީނު، ތިޔަ ޕެޓިޝަނެއްގަ ސޮއެ ނުކުރިޔަސް އާބާދީގެ ބޮޑުއަދަދެއްގެ ސޮއެ ތީގަ އޮންނާނެ، ތިކަން ހިނގާނެގޮތް އެނގޭ.

– މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލއްވި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް ތާޢީދުކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލާ ޕެޓީޝަންގައި ގިނަ ބަޔަކު ސޮއިކުރުމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދަުރަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނު ތާޢީދުކުރައްވަން ނިންމާފައިވާކަމަށެވެ.

މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.