ކޯވިޑްގައި ނިޔާވާ މީހުން ހިނަވަން ފަށައިފި

ކޯވިޑްގައި ނިޔާވާ މީހުން ހިނަވަން ފަށައިފި

Author
ޢަލީ އާދަމް
23 އޮގަސްޓް 2021 07:23
0

ކޯވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވާ މީހުން ތަޔައްމަމް ކުރުމުގެ ބަދަލުގައި ހިނަވަން ފަށައިފިއެވެ.

މި ބަލީގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ގައިޑްލައިނެއް އިސްލާމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން މީގެ ކުރިން ވަނީ އެކުލަވާލާފައެވެ. އެ ގައިޑްލައިނުގައިވާ ގޮތުން މައްޔިތާ ފެން އަޅައިގެން ހިނެވުމުގެ ބަދަލުގައި ކަށުކަމާކެމީގެ ކަންކަން ކުރަން ޖެހޭނީ ތަޔަމަމް ކޮށްގެން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް އެޗްޕީއޭއިން އެ އުސޫލު އިއްޔެއިން ފެށިގެން ވަނީ ބަދަކޮށްފައެވެ. އެގޮތުން ކޯވިޑް ބަލީގައި އިއްޔެ ނިޔާވީ މީހާ އަކީ މިބަލީގައި ނިޔާވެގެން ފުރަތަމަ ފަހަރަށް ހިނެވުމަށްފަހު ވަޅުލި މީހާއެވެ.

ކޯވިޑް ބަލީގައި އިއްޔެ ރާއްޖެއިން ނިޔާވީ މީހާއާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 223 އަށް އަރާފައެވެ.

ކޯވިޑް ބަލީގައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން މީގެ ކުރިން ކުރިއަށް ގެންދިޔައީ މައްޔިތާ ތަޔައްމަމް ކުރުމަށްފަހު ބޮޑީބޭގަކަށް ލައި ބޮޑީބޭގުގެ ބޭރުން ކަފުނަށް ލުމަށް ފަހު އެއްކޮށް ބަނދުކޮށްފައި ހުންނަ ސަންދޯކަކަށް ލައި ވަޅުލަނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.