ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުވެ ޝަރުޢީ ނިޒާމް އިޞްލާހު ނުވާނެ: ޢަލީ ޙުސައިން

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުވެ ޝަރުޢީ ނިޒާމް އިޞްލާހު ނުވާނެ: ޢަލީ ޙުސައިން

Author
މުޙައްމަދު ޖިމީ
27 އޮކްޓޯބަރ 2020 05:21
0

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ޝަރުޢީ ނިޒާމް އިޞްލާހު ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށައެޅުއްވި އިޞްލާހު މިއަދު މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. މިބިލް ބަލައިގަތުމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް 50 މެންބަރަކު ވޯޓު ދެއްވިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ހުށައަޅަފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސް ނުވުމާއެކު ޤާނޫނީ ދާއިރާގައި އިސްކޮށް މަސައްކަތްކުރައްވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހޫސައިން ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ނުކޮށް ޝަރުޢީ ނިޒާމް އިޞްލާހު ނުވާނެކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުވާން ޖެހޭކަމަށް އަލީ ޙުސައިން ތަކުރާރުކޮށް ވިދާޅުވަމުން ގެނަދަވައެވެ. އަލީ ޙުސައިން މިފަދައިން ވިދާޅުވެފައިވާއިރު، ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. ނަމަވެސް ކޮމްޕޮޒިޝަން ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހުށައެޅުއްވި އިޞްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރެވުނުއިރު، ސަރުކާރަށް ތާޢީދުކުރާ އެއްވެސް މެންބަރަކު ވާހަކަފުޅު ދައްކަވާފައެއްވެސް ނުވެއެވެ.

މެންބަރު ޠާރިޤް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ހުށައެޅުއްވި އިޞްލާހުގައި، މިނިވަންކަމާ އެކު ތިން ބާރު ވަކިން ހިންގުމުގެ ފުރުސަތު ގާނޫނުއަސާސީން ލިބޭއިރު، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ހަމަ މަގުގައި ހިފަހައްޓަން އޮންނަ ޖޭއެސްސީ އެކުލަވާލުމުގައި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ތަމްސީލުކުރަނީ ސިޔާސީ ބޭފުޅުންކަމަށާއި އެ ބޭފުޅުން ބައިވެރިވެގެން ޖޭއެސްސީން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކަށް ނުރަނގަޅު ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.