ރާއްޖޭގައި އޮތީ ނިޒާމުގެ މައްސަލައެއްނޫން، ކަމަށާއި، ސިޔާސީ ބޭފުޅުން ޤައުމަށްވުރެއް އަމިއްލަ އެދުން ބޮޑުވުމުގެ މައްސަލަ ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް، ރައީސް ނަޝީދު އިސްވެ ހުންވައިގެން ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ޞާލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެންނެވެ. ސަޢުދު ވިދާޅުވީ ރާއްޖެއަކީ ބަރުލަމާނީ ނިޒާމަކަށް އެކަށީވެންވާ ވަރަށްވުގެ ޤައުމުގެ އިޤްތިޞާދު ބަލިކަށި، އިޤްތިޞާދު ނާޒުކު ޤައުމެއް ކަމުގައެވެ.
ރާއްޖޭގައި މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ ވެރިކަން ކުރަމުންދާ ނިޒާމުގެ މައްސަލައެއް ނޫންކަމަށް ސައުދު ވިދާޅުވިއެވެ. ރާއްޖޭގައި އޮތް މައްސަލައަކީ ސިޔާސީ މީހުން އަމިއްލަ އަމިއްލަ އެދުން ބޮޑުވުމުގެ މައްސަލައެއް ކަމަށްވެސް ޒައިދު ވިދާޅުވިއެވެ. އެއްވެސް ކަމެއްގައި ޤައުމަށްވުރެއް ތިމާގެ އަމިއްލަ އެދުން އިސްވެއްޖެނަމަ އެކަމުން ޤައުމަށްވެސް އަދި ރައްޔިތުންވެސް ލިބިގެންދާނީ ގެއްލުން ކަމުގައި ސައުދު ވިދާޅުވިއެވެ.
ރާއްޖެ ކަހަލަ ނިކަމެތި އިޤްތިޞާދެއް އޮންނަ ޤައުމަކަށް ބަރުލަމާނީ ނިޒާމަކީ ވަރަށް ބޮޑު ބުރަޔަކަށް ވާނެ. މިއުޅެނީ ނިޒާމުގެ މައްސަލައެއްނޫން. ސިޔާސީ މީހުންގެ އަމިއްލަ އެދުމާއި، އިހުލާސްތެރިކަން ނެތުމުގެ މައްސަލަ. ޤައުމަށް ވުރެއް އަމިއްލަ އެދުން ބޮޑުވުމަކީވެސް މައްސަލައެއް.
– ސައުދު ވިދާޅުވިއެވެ.
Raajje kahala nikamethi iguthsaadh eh ohna Qaumakah barulamaanee nizaam akee varah bodu burayakah vaane.Miulhenee nizaam ge mahsala eh nooon.siyaasee meehunge amihla edhumaai ihulaastherikan nethumuge mahsala.Qaumah vuren amihla edhun boduvumakee ves mahasala eh.@KhabaruOnline
— Saudulla Ahmed (@saudullaahmed1) August 21, 2021
ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އެމްޑީޕީގެ އާންމު މެންބަރުންތަކެއް ފަށާފައިވަނީ އިއްޔެއެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ