ނަވާލްނީއަށް ވިހަ ދިން ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިނގިރޭސިވަލާތް ގުޅިގެން ފިޔަވަޅު އަޅަނީ

ނަވާލްނީއަށް ވިހަ ދިން ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިނގިރޭސިވަލާތް ގުޅިގެން ފިޔަވަޅު އަޅަނީ

Author
ހުސެއިން
21 އޮގަސްޓް 2021 06:25
0

ރަޝިއާގެ ރައީސް ވާދަވެރި، އެލެކްސީ ނަވާލްނީއަށް ވިހަ ދިން ފަރާތްތަކާ ދެކޮޅަށް ގުޅިގެން ފިޔަވަޅު އެޅުމަށް އެމެރިކާ އަދި އިނގިރޭސިވިލާތުން އެއްބަސް ވެފައިވާ ކަމަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު އާންމުކުރި، ގުޅިފައިވާ ބަޔާނުގައި ބުނެފިއެވެ.

އެހެންނަމަވެސް މި ބަޔާނުގައި ދެގައުމުން ގުޅިގެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ހާމަކޮށްފައެެއް ނުވެއެވެ.

އިގިރޭސިވިލާތުން ހުކުރުދުވަހު ކުރީގެ ވަގުތެއްގައި ވަނީ، ނަވާލްނީއަށް ވިހަ ދިނުމުގައި އިސްކޮށް އުޅެފައިވާކަމަށް ތުހުމަތު ކުރެވޭ، ރަޝިއާގެ އިންޓެލިޖެންސްގެ 7 އޮފިޝަލަކާ ދެކޮޅަށް އެގައުމުން އެޅުމައް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހާމަކޮށްފައެވެ.

ނަވާލްނީއަށް ފާއިތުވެދިޔަ އަހަރުގެ އޮގަސްޓު މަހުގެ 20ވަނަ ދުވަހު، ސާބިއާގައި ވިހަ ދިނުމުގެ ސަބަބުން ފަރުވާ ހޯދުމަށް ގެންދެވިފައިވަނީ ޖަރުމަނުވިލާތަށެވެ. އަދި ކުރެވުނު ތަހުލީލުތަކަށްފަހު، ހުޅަނގުގެ ގައުމުތަކުގެ ތަޖުރިބާކާރުން ވަނީ، ނަވާލްނީއަށް ދީފައިވަނީ އަސްކަރިއްޔާތަކުން ބޭނުންކުރާ ނާވް އޭޖެންޓެއް ކަމުގައި ބުނެފައެވެ.

އެހެންނަމަވެސް، މީ ތަހުގީގުގެ ހޯދުންތައް ރަޝިއާއިންވަނީ ގަބޫލު ނުކޮށްފައެވެ. އަދި އެގައުމުން ބުނެފައިވަނީ މިއީ އެގައުމާ ދެކޮޅަށް ރޭވިގެން ހިންގާ ޕްރޮޕަގެންޑާ ކެމްޕޭނެއް ކަމުގައެވެ.

ނަވާލްނީއަށް ވިހަދިންތާ އެއް އަަހަރުފުރޭ މުނާސަބަތާ ދިމާކޮށް، އިނގިރޭސިވިލާތުން އާންމުކޮށްފައިވާ، ވިހަދިނުމުގައި ޝާމިލްވާ ފަރާތްތަކުގެ އަލުން އަޕްޑޭޓް ކޮށްފައިވާ ލިސްޓުގައި 7 ނަމެއް ވަނީ ހިމަނާފައެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ 7 މީހުންނަކީ އަމަލީގޮތުން ވިހަދިނުމުގައި ހަރަކާތްތެރިވި، އަދި މި ކަމުގެ ޒިންމާ ސީދާގޮތުން އުފުލަންޖެހޭ މީހުން،" އިގިރޭސިވިލާތުގެ ފޮރިންގ އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އަހަރެމެން މިދޭ މެސެޖަކީ، ރަޝިޔާގެ ސަރުކާރުން އެއްވެސް ބާވަތެއްގެ ކެމިކަލް ހަތިޔާރެއްގެ ބޭނުންކުރުމަކީ ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފް ކަމެއްކަމުގެ މެސެޖް، އަދި ދެފުށްފެންނަ ޖިނާއީ ތަހުގީގެއް ހިންގެން ޖެހޭނެ،" އިނގިރޭސި ފޮރިންގ ސެކެޓްރީ ޑޮމިނިކް ރާބް ވިދާޅުވެފައި ވެއެވެ.

އެމެރިކާ އަދި އިނގިރޭސިވިލާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ފިޔަވަޅުތައް އަމާޒުވާ ފަރާތްތަކުގެ، ގައުމުން ބޭރުގައި އެސެޓެއް ހުރިނަމަ އެ އެސެޓްތައް ހިފެއްޓުމުގެ އިތުރުން ދަތުރުފަތުރު ކޮށް އުޅުމުގައިވެސް މިފަރާތްތަކަށް ދަތިވެގެން ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.