އަފްއާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ، ތާލިބާންގެ އިސް ބައެއް ވެރިންނާއެކު މަޝްވަތާއް ކުރިޔަށް ގެންދަވަނީ

އާ ސަރުކާރު އިއުލާން ކުރާނީ އޮގްސްޓު 31 އަށްފަހު: ތާލިބާން

އާ ސަރުކާރު އިއުލާން ކުރާނީ އޮގްސްޓު 31 އަށްފަހު: ތާލިބާން

އަފްއާނިސްތާނުގައި އެކުލަވާލެވޭ އާ ސަރުކާރު ތާލިބާން ޖަމާއަތުން އިއުލާކުރާނީ، އެމެރިކާސިފައިން އެގައުމުން ފޭބުމަށް އެއްބަސްވެފައިވާ ތާރީޚު ކަމަށްވާ، އޮގަސްޓު މަހުގެ 31ވަނަ ދުވަހަށްފަހުކަމަށް، އާ ސަރުކާރެއް އެކުލަވާލުމާއި ގުޅޭގޮތުން ތާލިބާން ޖަމާއަތާ އަދި އަފާއްނިސްތާނުގެ ކުރީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގެ މައުލޫމާތު އެގިހުރި ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ނަން ހާމަ ނުކުރުމަށް އެދި، މިހާރު ކުރިޔަށްދާ ވާހަކަތަކުގެ މައުލޫމާތު ހުރި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އެމެރިކާ ސިފައިން އަފްއާނިސްތާނުން ފޭބުމަށް އެއްބަސްވެފައިވާ އެންމެ ފަހު ތާރީޚު ފާއިތުވެދިއުމުގެ ކުރިން، އެއްވެސް ކަމެއް ނުކުުރުމަށް ތާލިބާން ޖަމާއަތާއި އެމެރިކާ އެއްބަސްވެފައިވާކަން، ތާލިބާންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވަމުންދާ އެންމެ އިސްފަރާތްކަމުގައިވާ އަނަސް ހައްޤާނީ، ވަނީ އަފްއާން ސަރުކާރުގެ އިސްފަރާތްތަކަށް އަންގާފައެވެ.

އެހެންނަމަވެސް، "އެއްވެސް ކަމެއް" ނުކުރުމަށް އެއްބަސްވެފައިވާ ވުމުގެ މާނައަކީ ހަމައެކަނި ސިޔާސީ ގޮތުން ކަމެން ނުކުރުން ކަމެއް ނުވަތަ ނޫންކަމެއް މީޑިއާއަށް މައުލޫމާތު ދިންފަރާތުން ސާފު ކޮށްދީފައެއް ނުވެއެވެ.

އަދި އަފްއާން ސަރުކާރާ ތާލިބާން ޖަމާއަތާ ދެމެދު ކުރިޔަށް މަޝްވަރާތަކުގައި، އޮގްސްޓް 31ގެ ފަހުން އުފެދޭ ސަރުކާރުގައި ތާލިބާން ފިޔަވާ އެހެނިހެން ފަރާތްތައް ހިމެނިގެން ދާނެކަމެއް ނުވަތަ އެ ސަރުކާރު އޮންނާނީ ގޮތަކާ ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތަކުގެ އެއްވެސް މައުލޫމާތެއްވެސް އަދި މީޑިއާތަކަށް އާންމު ވެފައެއް ނުވެއެވެ.

ހަމައެއާއެކު، އަފްއާނިސްތާނުގެ އަސްކަރިއްޔާގެ ބަދަލުގައި، އުފެދިގެންދާނެ އަސްކަރިއްޔާއެއްގެ މައުލޫމާތުވެސް އަދި ދެން އުފެދިގެންދާ އަސްކަރިއްޔާގައި ތިބޭނީ ކޮން ބައެއްކަމެއްވެސް ތާލިބާނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *