ތާލިބާންނުން ފާއިތުވި ހަފްތާގެ އާދީއްތަ ދުވަހު އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު، ތާލިބާންގެ ވެރިކަމުގައި އަންނަ ފުރަތަމަ ހުކުރު ދުވަހުގެ ހުކުރު ޚުތުބާގައި، އެޖަމާއަތާއި ގުޅޭގޮތުން ފަތުރަމުންރަމުންދާ ނުރަގަޅު މައުލުމާތުތައް ރަގަޅު ކޮށްދިނުމަށާއި، އަދި އަފްއާނިސްތާނުގެ ރައްޔިތުން ގައުމު ދޫކޮށް ނުދިއުމަށް ގޮވާލާ އަދި ގައުމުގެ އެއްބައިވަންކަމަށް ވަސިއްޔަތް ކުރުމަށް، އެގައުމުގެ ހުރިހާ އިމާމުންނަށްވެސް ތާލިބާންގެ އިސްވެރިން އިލްތިމާސް ކޮށްފިއެވެ.
އަފްއާނިސްތާނުގެ އެތައްހާސް ރައްޔިތުންނެއް މިހާރުވެސް ގައުމު ދޫކޮށް ދިއުމުގެ އިންތިޒާރުގައި ކާބުލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތިބިއިރު، ތާލިބާނުން އާންމުކޮށް ފައިވާ މެސެޖެއްގައި ބުނެފައިވަނީ، އެމީހުން އުއްމީދު ކުރަނީ، ވެރިރަށް ކާބުލްގައާއި އަދި ހުރިހާ ޕްރޮވިންސެއްގައިވެސް، އިސްލާމީ އުސޫލުތަކުގެ ފައިދާ ހާމަކޮށްދީ އަދި ގައުމީ އެއްބައިވަންތަކަމަށް ގޮވާލާނެ ކަމަށެވެ.
ތާލިބާނުންގެ މެސެޖުގައި އިލްތިމާސް ކޮށްފައިވަނީ، "ގައުމުގެ ހުރިހާ ރައްޔިތުންވެސް ގައުމު ދޫކޮށް ދިއުމުގެ ބަދަލުގައި، ގައުމު އާރާސްތު ކުރުމަށް މަސައްކަތް ކުރުމަށް" ގޮވާލުމަށާއި، އަދި "ދުޝްމަނުންގެ ޕްރޮޕަގެންޑާތަކަށް،" ފުރިހަމަޔަށް ޖަވާބު ދާރީ ވުމަށެވެ.
ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ކުރިން ތާލިބާނުން އެގައުމުގެ ހުރިހާ އިމާމުންނަށްވެސް އަމާޒުކޮށް އިލްތިމާސް ކޮށްފައި މިވަނީ، ތާލިބާނުން އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު، އަފްއާނިސްތާންގެ ގައުމީ ދިދަ ބޭނުންކުރުން މިހާރު ހުއްޓާލާފައިވާތީ އެކަމާ ދެކޮޅަށް އެގައުމުގެ އެކި ކަންކޮޅުތަކުގައި މުޒާހިރާތައް ކުރިޔަށް ދާ ދަޑިވަޅެއްގައެވެ.
އަފްއާނިސްތާނުގެ ފާއިތުވެދިޔަ ތާރީޚުގައި، ތަފާތު އެކި ބާރުތަކުން ވެރިކަން ކޮށްފައިވާއިރު، ކޮންމެ ވެރިކަމެއްގައިވެސް ވަނީ އެގައުމުގެ ދިދަޔަށް ތަފާތު ބަދަލުތައް ގެނެސްފައެވެ.
ކޮމެންޓު ފޮނުވާ