ތާލިބާނުން އަފްއާނިސްތާނުގެ ގައުމީ ދިދަ ބޭނުންކުރުން ހުއްޓާލުމާ ދެކޮޅަށް އެގައުމުގައި މުޒާހިރާ ކުރަން ފަށައިފި

ތާލިބާނުން އަފްއާނިސްތާނުގެ ގައުމީ ދިދަ ބޭނުންކުރުން ހުއްޓާލުމާ ދެކޮޅަށް އެގައުމުގައި މުޒާހިރާ ކުރަން ފަށައިފި

Author
ހުސެއިން
19 އޮގަސްޓް 2021 06:58
0

ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމުގެ ބާރުތައް އަތުލުމާއެކު، އެގައުމުގެ ރަސްމީ ދިދަ ބޭނުންކުރުން ހުއްޓާލުމާއެކު، އަފްއާނިސްތާނުގެ އެތައް ސިޓީއެއްގައި ތާލިބާނުންނާ ދެކޮޅަށް މުޒާހިރާ ކުރަން ފަށައިފިއެވެ.

މިމުޒާހިރާތަށް މިހާރު އެގައުމުގެ އިރުމަތީގެ ޕްރޮވިންސްތައް ކަމުގައިވާ ނަންގަހާރު، ކުނާރު، ޚޯސްޓަށް ބުދަ ދުވަހު ފެތުރިގެން ގޮސްފައިވާއިރު، މުޒާހިރާ ކުރާ ފަރާތްތަކުން ވަނީ މުޒާހިރާތަކުގައި އަފްއާނިސްތާނުގެ ގައުމީ ދިޔަ ގެންގުޅެފައެވެ.

މުޒާހިރާތަކުގައި، ނަންގަރާރު ޕްރޮވިންސްއާއި ޚޯސްޓު ޕްރޮވިންސްގައި ތާލިބާނުންނާއި މުޒާހިރާ ކުރަމުންދިޔަ ފަރާތްތާ ދެމެދު ކުރިމަތުލުންތަކެއްވެސް ހިގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި، ނަންގަހާރު ޕްރިވިންސްގެ މެދުތެރޭގައި އޮންނަ ޖަލާލް އާބާދު ސިޓީގައި ހިގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިހަފްތާގެ އާދީއްތަ ދުވަހު، އަފްއާނިސްތާނުގެ ވެރިރަށް ކާބުލް އެމީހުންގެ ބާރުގެދަށަށް ގެނައުމަށްފަހު ތާލިބާނުން ބުނެފައިވަނި، އަފްއާނިސްތާނުގެ ދިދަ ކުރިޔަށް އޮތްތަނުގައި ބޭނުން ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ދެން އުފެދޭ ސަރުކާރުން ކަމުގައެވެ.

"އަހަރެންގެ ފުރާނަވެސް މި ދިދައަށްޓަކާ ގުރުބާން ކުރާނަން،" ނަންގަހާރު ސިޓީގައި މުޒާހިރާކުރުންދިޔަ މުޒާހިރާކު ބައިވެރިޔަކު ބުނެފައި ވެއެވެ.

"އަހަރެމެންވާނީ، ބާޒާރުގެ މެދުގައި ދިދަ ނަގާފައި، އަހަރެމެންގެ ގައުމީ ދިދައަކީ އަހަރެމެންގެ ގައުމީ ރަމްޒު،" މުޒާހިރާ ކުރެވެމުންދާ އެއް ޕްރޮވިންސް ކަމުގައިވާ ކުނާރު ޕްރޮވިންސްގެ ރައްޔިތެއްކަމުގައިވާ ތަހުޒީބުﷲ ވިދާޅުވެފައި ވެއެވެ.

އަފްއާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްފަހު ތާލިބާނުންވަނީ، އަފާއްނިސްތާނުގެ އެހި ހިސާބުތަކުގައިހުރި އަފްއާނިސްތާންގެ ގައުމީދިދައިގެ ބަދަލުގައި ތާލިބާން ޖަމާއަތުގެ ރަސްމީ ދިދަ ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.