ރައީސް ނަޝީދު ވިދާޅުވީ މެމްބަރު ޝިޔާމްގެ އީސީޖީން ހިތުގެ މައްސަލައެއް ނަތްކަމަށް

ރައީސް ނަޝީދު ވިދާޅުވީ މެމްބަރު ޝިޔާމްގެ އީސީޖީން ހިތުގެ މައްސަލައެއް ނަތްކަމަށް

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 12:24
0

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ހެދި ޓެސްޓުތަކުން ހިތުގެ އެއްވެސް މައްސަލައެއް ދިމާނުވާކަން އެގިފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ މެމްބަރު ޝިޔާމްގެ އީސީޖީ ޓެސްޓުގެ ނަތީޖާތަކުން ހިތުގެ އެއްވެސް މައްސަލައެއް ނެތްކަން އެނގިފައިވާކަމަށެވެ. ނަމަވެސް އޭސީޖީއާއިމެދު ކުޑަކޮށް ޗައްކު އުފެދޭތީ ދެވަނަ ޓެސްޓެއްވެސް ހަދަން ހޮސްޕިޓަލުގައި އެދިފައިވާކަމަށެވެ.

އަޅުގަނޑު އެދެން ވީހާވެސް އަވަހަށް އިއްޒަތްތެރި މެމްބަރު އެތަނުން ނުކުންނަވައި ހެޔޮ ހާލުކޮޅުގައި އަނެއްކާވެސް އަޅުގަނޑުމެންނައި ބައްދަލުކުރުން. އަޅުގަނޑު ހޮސްޕިޓަލުގައި އެދިއްޖައިން އަދި އެއް އީސީޖީ ނަންގަވައި ދެއްވުމަށް. ދެ އީސީޖީ ނަގައިގެން މިކަން ކަށަވަރު ކުރުން އެއީ ނައިފަރުގެ މެމްބަރުގެ ހިތް މުޅިން ރަނގަޅުތޯ އަޅުގަނޑުމެން އެބަޖެހޭ ކަށަވަރުކުރަން. ހަމަޔަގީނުންވެސް މިއަދު ހެނދުނު ހިތް ހެޔޮ. ދެން ފަހުން ހިތް ހަލާކުވިކަމެއް އަޅުގަޑަކަށް ނޭގޭ ދަންނަވާކަށް.

– މުހައްމަދު ނަޝީދު

ޕީޕީއެމްއިން މިކަމާއި ގުޅޭގޮތުން ވިދާޅުވީ މެމްބަރު ޝިޔާމްގެ ހާލުކޮޅު ކުއްލިގޮތަކަށް ދެރަވެ އޭޑީކޭގައި ފަރުވާދެމުން ދާކަމަށެވެ. ނަމަވެސް މިހާތަނަށް ޝިޔާމަށް ދިމާވި މައްސަލައެއް ސާފުނުވާކަމަށް އެޕާޓީން ބުނެއެވެ. އަދި މިހާރު ޓެސްޓްތައް ހަދަމުންދާކަމަށް ޕީޕީއެމްއިން ބުނެއެވެ.

މެމްބަރު ޝިޔާމްއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އެންމެ އިސްކޮ ހަރަކާތްތެރިވާ އެއް މެމްބަރެވެ. އަދި މަޖިލީހުގައި އިދިކޮޅުގެ އަޑު އެންމެބޮޑަށް އިއްވާ އަދި ސަރުކާރު ޖަވާބު ދާރީ ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާ އެއްބޭފުޅަކީވެސް މެމްބަރު ޝިޔާމްއެވެ. ޝީޔާމްގެ ހާލަތު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެމުންދާތީ މިއަދު ބޭއްވުމަށް ހަމަޖެހުނު އެޕާޓީގެ ޕްރެސް ކޮންފަރެންސްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.