ގައުމު ދޫކުރައްވާ ވަޑައިގެންނެވި، އަފްއާނިސްތާންގެ ކުރީގެ ރައީސް އަޝްރަފް ޢަނީ

އަފްއާނިސްތާނުގެ ކުރީގެ ރައީސް ހުންނެވީ ޔޫއޭއީގަ

އަފްއާނިސްތާނުގެ ކުރީގެ ރައީސް ހުންނެވީ ޔޫއޭއީގަ

އަފްއާނިސްތާނުގައި އޮތް، ހުޅަގުން ތާއީދު ކުރަމުން އައި ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުން އައި ތާލިބާނުން ވެރިރަށް ކާބުލް ވަށާލުމާއެކު، ގައުމު ދޫކޮށް ފިއްލަވާ ވަޑައިގެންނެވި، އެގައުމުގެ ކުރީގެ ރައީސް އަޝްރަފް ޢަނީ، މިވަގުތު ހުންނެވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކަމަަށް އެގައުމުގެ ފޮރިންގ މިނިސްޓްރީން ހާމަ ކޮށްފިއެވެ.

"އިންސާނިއްޔަތަށްޓަކާ، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ފޮރިން އެފެއާރޒް އެންޑް އިންޓަރނޭޝަނަލްއިން، ރައީސް އަޝްރަފް ޢަނީއަށާއި އާއިލާއަށް މަރުހަބާ ކިޔާފައިވާ ކަމުގެ ޔަގީންކަން ދެން،" ޔޫއޭއީންގެ ފޮރިންގ މިނިސްޓްރީން ސީއެންއެންއަށް ފޮނުވާފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަފްއާނިސްތާން ދޫކުރައްވާ ވަޑައިގެންނެވިއިރު، ޢަނީ ވަޑައިގެންނެވީ ގިނަ އަދަދެއްގެ ފައިސާތައްވެސް ހިއްޕަވައިގެންނެވެ.

އެމެރިކާއިން 20 އަހަރުވަންދެން ފޯރުކޮށްދެމުން އައި އަސްކަރީ އެހީތެރިކަން ހުއްޓުމަކަށް އައުމާއެކު، ތާލިބާނުންވަނީ، އެމެރިކާއިން ތާޢީދުކޮށްގެން އަފްއާނިސްތާނުގައި ވެރިކަން ކުރަމުން އައި ސަރުކާރު، މިހަފްތާގެ އާދީއްތަދުވަހު ވައްޓާލާފައެވެ.

އަދި މިހަފްތާގެ އާދިއއްތަ ދުވަހު، ތާލިބާން ހަގުރާމަވެރިން، އަފްއާނިސްތާންގެ ވެރިރަށް ކާބުލް ވަށާލުމާއެކު، އެގައުމުގެ އޭރުގެ ރައީސް އަޝްރަފް ޢަނީވަނީ، ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ވަޑައިގެންފައި ކަމުގެ މައުލުމާތު، ޢަނީގެ ސަރުކާރުގެ އިސް އޮފިޝަލުން އޭރުވަނީ ދެއްވާފައެވެ. އަދި ޢަޝްރަފް ޢަނީ ފަހުން ވިދާޅުވެފައިވަނީ، ގައުމު ދޫކުރައްވާ ވަޑައިގެންނެވީ، ވެރިރަށް ކާބުލް ބޮޑު ލޭއޮހޮރުވުމަކުން ސަލާމަތް ކުރުމުގެ ގޮތުން ކަމުގައެވެ.

ތާލިބާނުން ކާބުލް ވަށާލުމާއެކު، އެންމެ ފަހުވަގުތު ޢަނީ ގައުމު ދޫކޮށް ވަޑައިގަތުމާ ގުޅިގެން، އެތައްބައެއްގެ ފާޑުކިއުންވަނީ އޭނާއަށް އަމާޒުވެފައެވެ.

"އިރާދަކުރެއްވިއްޔާ އޭނާއަށް އޭގެ ބަދަލު ފެނިގެންދާނެ، އަދި ގައުމު އޭނާގެ އަމަލުތަކަށް ފާރަވެރިވާނެ،"، ޢަނީގެ ސަރުކާރުގައި، ނޭޝަނަލް ރީކޮންސިލިއޭޝަން ކައުންސިލްގެ ރައީސްކަން އަދާ ކުރެއްވި އަބުދުﷲ އަބުދުﷲ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *