ސިރިއާގައި ހަރަކާތްތެރިވާ ދިވެހިން - ވީޑިއޯއިން ނަގާފައި

ސީރިއާގައި މަރުވެފައިވާ ދިވެހިންގެ ވީޑިއޯއެއް އާއްމުކޮށްފި

ސީރިއާގައި މަރުވެފައިވާ ދިވެހިންގެ ވީޑިއޯއެއް އާއްމުކޮށްފި

ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވާ ދިވެހިންގެ ތެރެއިން މަރުވެފައިވާ މީހުންކަމަށް ބުނެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުކޮށްފިއެވެ.

ސީރިއާގައި ހަރަކާތްތެރިވަމުންދާ ދިވެހި ހަނގުރާމަވެރިންގެ މައުލޫމާތު މީގެ ކުރިންވެސް ގެނެސްދޭ ބިލާދް އަލް ޝާމް މީޑިއާ އިން އާންމުކުރި މި ވީޑިއޯގައި ނަމެއްގެ ގޮތުގައި ޖަހާފައި ވަނީ ދިވެހި ޝަހީދުންނެވެ.

ރޭ އާއްމުކުރި މި ވީޑިއޯގައި ދިވެހިން ސީރިއާއަށް ދަތުރުކުރުމާއި އަސްކަރީ ތަމްރީންތަކާއި އިލްމު އުނގެނުމާއި ސީދާ ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ މަންޒަރާއި ޒަޚަމްވެގެން ފަރުވާދޭ ދިވެހިންގެ މަންޒަރުތައް ހިމަނާފައި ވެއެވެ.

ވީޑިއޯގައި ސީރިއާގައި މަރުވި ދިވެހީންގެ ހަނގުރާމާ މަތީ ނަމާއި މަރުވި އަހަރު އެނގޭނެހެން ކޮންމެ މީހެއްގެ ކުރު ކްލިޕެއް ހިމަނާފައި ވެއެވެ. އެގޮތުން ސީރިއާގެ ހަނގުރާމާގައި މަރުވި ޖުމްލަ 18 މީހެއް މި ވީޑިއޯ އިން ފެނެއެވެ. މި ވީޑިއޯއިން ފެންނަ އެންމެންވެސް މަރުވި ކަމަށް ބުނެފައި ވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދު އެވެ.

ސިރިއާގައި ހަރަކާތްތެރިވާ ދިވެހިން – ވީޑިއޯއިން ނަގާފައި

ވީޑިއޯގައި ދިވެހިން ވާހަކަ ދައްކާ ފައިވާ މީހުންވެސް ފެނެއެވެ. އެގޮތުން ދިވެހިން އެކުގައި މަޝްވަރާކުރަން ތިބޭތަނާއި ހަމަލާ ރާވާއިރުވެސް ދިވެހި ބަހުން އިރުޝާދުދޭ މަންޒަރުވެސް ފެނެއެވެ. އަދި ހަނގުރާމައިގެ މައިދާނަށް ނުކުންނަން ތައްޔާރަށް ހުރި މީހަކު ދިވެހިބަހުން ވާހަކަދައްކާ މަންޒަރުވެސް ހިމަނާފައި ވެއެވެ. މޫނު ނިވާކޮށްގެން ހުރެ ވާހަކަދެއްކި އެމީހާ ބުނަނީ އެމީހުންނަށް އޮތީ މަރު ނުވަތަ ހަނގުރާމަކޮށް ނަސްރު ހޯދުން ކަމަށެވެ.

ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގިނައަދަދެއްގެ ދިވެހިން ވަނީ އެގައުމަށް ދަތުރު ކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު އެނބުރި ރާއްޖެ ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަރަށް ހާލުގައި ދިރިއުޅެމުން ދެއެވެ.

ރާއްޖެއިން ސީރިއާއަށް ހަނގުރާމައަށް ގޮސް ހާލުގައި ޖެހި އަންނަން ބޭނުންވާ ބައެއް ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުން ދިޔަނަމަވެސް، އެކަމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *