ސިޔާސީ ހިމާޔަތަށް އެދޭ އަފްއާން ރައްޔިތުންނަށް ޕާސްޕޯޓަކާ ނުލާ އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ދެނީ

ސިޔާސީ ހިމާޔަތަށް އެދޭ އަފްއާން ރައްޔިތުންނަށް ޕާސްޕޯޓަކާ ނުލާ އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ ދެނީ

Author
ހުސެއިން
18 އޮގަސްޓް 2021 06:46
0

ސިޔާސީ ހިމާޔަތަށް އެދިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ އަފްއާން ރައްޔިތުންނަށް ޕާސްޕޯޓަކާ ނުލާ އިގިރޭސިވިލާތަށް އެތެރެވުމުގެ ހުއްދަ އެގައުމުން ދިނުމަށް ނިންމާފައިވާ ކަމުގައި، އިނގިރޭސި ސެކެޓްރީ އޮފް ސްޓޭޓް ފޯރ ޑިފެންސް ބެން ވެއްލާސް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިނގިރޭސި ސަރުކާރުން ބޭނުންވަނީ، ހުޅަނގުގެ ގައުމުތަކުން އަފްއާނިސްތާނުގައި މަސައްކަތް ކުރިއިރު، ތަރުޖަމާނުންގެ ގޮތުގައާއި، އަދި ކޮންޓްރެކްޓަރުންގެ ގޮތުގައި އެގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ލިބޭނޭ ގޮތްތައް ހަމަޖެއްސުމަށް ކަމަށެވެ.

އަފްއަނިސްތާނުގައި ތިބި އެގައުމުން ބޭރުގެ ސިފައިން އަފްއާނިސްތާނުން ފައިބާ ނިމުމުގެ ކުރިން ތާލިބާނުންވަނީ ވެރިރަށް ކާބުލްއަށް ވަދެ، ވެރިކަމުގެ ބާރުތައް އަތުލާފައެވެ. އަދި ތާލިބާނުން ކާބުލްއަށް ވަނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އެގައުމުގެ އޭރުގެ ރައީސް އަޝްރަފް ޢަނީވަނީ، ވެރިރަށް ކާބުލްގައި ލޭ އޮހޮރުވުމެއް ހިގައިދިޔަ ނުދޭންކަމަށް ބުނެ، ގައުމު ދޫކުރައްވާ އަވައްޓެރި ތަޖިކިސްތާނަށް ހިޖުރަ ކޮށްފައެވެ.

ވެއްލާސް އިތުރަށް ވިދާޅުވި ގޮތުގައި، އޭނާއާއި، ހޯމް ސެކެޓްރީ ޕްރިޓި ޕެޓަލްއާއި ދެމީހުންވެގެން މިހާރު ގެންދަނީ، ގައުމު ދޫކޮށް ދާން ބޭނުންވާ އަފްއާން ރައްޔިތުންނަށް އެހީތެރިވެދިނުމަށް މަަސައްކަތް ކުރަމުންނެވެ.

"އަހަރެމެން މިދަނީ، މި މަސައްކަތް ވީހާވެސް ބާރަށް ކުރިޔަށް ގެންދަމުން، އަދި ގަވާއިދުތައް ބަދަލު ކޮށްގެން ކަމުގައި ވަނީނަމަ އެކަންވެސް ކޮށްގެން،" ސްކައި ނިއުސްއާ ވާހަކަ ދައްކަމުން ވެއްލާސް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު ވިސްނުން ހުރީ، މިމީހުން ފެރީއެއްގައި އަފްއާނިސްތާނުން ބޭރަށް، އަވައްޓެރި ކޮންމެެވެސް އަރަބި ގައުމަކަށް އެންމެ ފުރަތަމަ ގެންދިއުމަށް ކަމަށެވެ. އަދި އެއަށްފަހު، ފަލައިޓުގައި އިނގިރޭސިވިލާތަށް ގެންދިއުމަށް ކަމަށެވެ.

ވެއްލާސް ވިދާޅުވެފައިވަނީ، ވައިގެ މަގުން ގެންދަންޖެހޭ މީހުން އަފްއާނިސްތާނުން ބޭރަށް ގެންދިއުމުގެ މަސައްކަތް މިހާރުވެސް އިނގިރޭސި ސަރުކާރުން ކުރިޔަށް އެބަ ގެންދާ ކަމަށާއި، އަދި އުއްމީދަކީ ކުރިޔަށްއޮތް ދެދުވަހުގެ ތެރޭގައި 1،500 އަފްއާން ރައްޔިތުން އެގައުމުން ބޭރަށް ގެންދިއުން ކަމުގައެވެ.

އިގިރޭސި ފޮރިން ސެކެޓްރީ ޑޮމިނިކް ރާބްއާއި ހަވާލާދީ އެސޯސިއޭޓް ޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުން މިހާރު ތައްޔާރުވަމުން ދަނީ، އަފްއާނިސްތާނުގެ ރައްޔިތުންނަށް "ހުޅުވިފައިވާ ހިތަކާ"އެކީ އަދި ފަސޭހައިން ސިޔާސީ ހިމާޔަތް ލިބިދެވޭނެގޮތަށް ސިޔާސަތުތަކެއް އެކުލަވާލުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.