ޕީޕީއެމްއަށް މިއަދު 9 އަހަރު ފުރުމުގެ މުނާސަބަތުގައި މެމްބަރުންނަށް ތަހުނިޔާ ވިދާޅުވެ، އެޕާޓީގެ ރައީސް، އަބްދުﷲ ޔަމީން އަބްދުލް ޤައްޔޫމް މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައިފިއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަހުނިޔާ އެންމެހާ މެމްބަރުންނަށް އަ
ޕީޕީއެމްގެ 9 ވަނަ އަހަރީދުވަސް ބައްދަލުކުރާއިރު، ޕާޓީގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން ނުޙައްޤުން ޖަލުގައި ޤައިދުކޮށް، މިސަރުކާރުން ދެމުންގެންދާ ލާއިންސާނީ އަނިޔާ ކުށްވެރިކޮށް، އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން.
ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު ވެގެންދިޔައީ މިހާތަނަށް ރާއްޖެއަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައި، އިޤްތިޞާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލްވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ 5 އަހަރު ކަމުގައެވެ. ޕީޕީއެމްއަކީ ކުރުމުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ކާމިޔާބީތައް ޙާސިލްކޮށްފައިވާ ސިޔާސީ ޕާޓީކަންވެސް ބުނެފައިވެއެވެ.

އަދި މިވަގުތު ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ރައީސް ޔާމީންގެ މޭސްތިރި ކަމުގެ ދަށުން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއެކު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގޮތުގައި ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވަނީ ސަރުކާރު ޖަވާބުދާރީކޮށް، ޒިއްމާދާރުކޮށް، ރައްޔިތުންގެ އަޑު ވަރަށް ގާތުން އަހަމުންކަމުގައެވެ.

އަދި ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލާއި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ހިފަހައްޓާ ދެމެހެއްޓުމަށްޓަކައި ކަމަށެވެ. މިމަސައްކަތުގައި އެންމެ އިސް ވާޖިބަކީ ޕާޓީގެ ލީޑަރު ރައީސް ޔާމީން މިނިވަންކޮށް، 2023 ވަނަ އަހަރު އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތަށް އިސްކުރުންކަމަށް މިބަޔާނުގައި ވެއެވެ.
މިއަހަރު ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ސަބަބުން ޕާޓީގެ 9 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ޙަރަކާތްތައްވަނީ ފަސްކުރެވިފަ. އިރާދަކުރެއްވިއްޔާ ވީހާވެސް އަވަސް ތާރީޚެއްގައި ޕީޕީއެމްގެ އަހަރީ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފަ.
ޕީޕީއެމްއިން ވަނީ މިދުވަހުގެ ތަހުނިޔާ އަރިސްކޮށް އެންމެހާ މެމްބަރުންވެސް އެޕާޓީން ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއިއެކު ތިއްބެވުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ