މިއީ ޒިންމާ އުފުލާނެ މީހަކު ނެތް ވެރިކަމެއް: ޑރ.ޖަމީލް

މިއީ ޒިންމާ އުފުލާނެ މީހަކު ނެތް ވެރިކަމެއް: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 07:50
0

މިއީ އެއްވެސް ޒިންމާއެއް އުފުލާނެ މީހަކު ނެތް ވެރިކަމެއް ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ފަތުރުވެރިކަން ނޫން ކަމަށާއި އެއީ އިންސާނީ ވަގުފާރި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެ ކުރެއްވި ޓްވީޓާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންނަށް ހީވެފައިވަނީ އެބޭފުޅުން އަދިވެސް ތިއްބެވީ އިދިކޮޅުގައިކަމަށެވެ.

ރާއްޖޭގެ ޤާނޫނުތަކާއި، ޚިލާފަށް ފަތުރުވެރިންގެ ނަމުގައި ބިދޭސީން އެތެރެކޮށް ޢާންމު ތަންތަނުގައި ބޭތިއްބެނީ އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ އިހްމާލުންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. މިއަދު މިކަންކަން ހިނގުމުން މިކަމުގައި ޒިންމާ އުފުލަން ތިބި ފަރާތްތަކުންވެސް ޒިންމާތަކުން ރެކުމުން ކަންކަމާއި ހަވާލުވާނީ ކޮންބައެއްކަން މިއަދު ރައްޔިތުންނަށް އޮޅިފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނާ ޚިލާފަށް ފަތުރުވެރިންގެ ނަމުގައި ބިދޭސީން އެތެރެކޮށް ޢާންމު ތަންތަނުގައި ބޭތިއްބެނީ އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ އިހްމާލުން. ސަރުކާރުގައި ތިބޭއިރުވެސް ހިތަށްއަރަނީ މިތިބެވެނީ އިދިކޮޅުގައި ކަމަށް. މިއީ ޒިންމާ އުފުލާނެ މީހަކު ނެތް ވެރިކަމެއް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

މައުސޫމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ވަގުފަރިއާއި ޓޫރިޒަމާ ވަރަށް ތަފާތު ކަމަށެވެ. ޓޫރިސްޓުން ބޭތިއްބުމުގެ ހުއްދަ ނެތް ތަންތަނުގައި އެމީހުން ބޭތިއްބުމަކީ އެއީ ޓޫރިޒަމެއްނޫން ކަމަށާއި، އެއީ އިންސާނީ ވަގުފާރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުއްދަ ނެތް ތަންތަނުގައި ފަތުރުވެރިންގެ ގޮތުގައި އަންނަ މީހުން ބައިތިއްބާކަމުގެ ގިނަ ޝަކުވާތަކެއް ވަނީ ކުރަން ފަށައިފައެވެ. އެނގިފައިވާ ގޮތުގައި ފަތުރުވެރިންގެ ގޮތުގައި އަންނަ ބައެއް މީހުން، މާލޭގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް ދިއުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ގެތަކުގައި ވަނީ އުޅެން ފަށައިފައެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ ފަތުރުވެރިން ކަމަށްވެއެވެ.

މިފަދަ ޝަކުވާތަކެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ޝަކުވާ ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް އެ އިދާރާތަކާ ގުޅިގެން މިކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.