ބޮމުގެ ހަމަލާއަށްފު ނަޝީދުގެ ފުރަތަމަ ބައްދަލުވުން ޝާހިދު އާއިއެކު

ބޮމުގެ ހަމަލާއަށްފު ނަޝީދުގެ ފުރަތަމަ ބައްދަލުވުން ޝާހިދު އާއިއެކު

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2021 07:41
0

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށްފަހު ކެބިނެޓް ވަޒީރުންގެ ތެރެއިން މިނިސްޓަރ ޝާހިދުއާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގައި އޮތް މިބައްދަލުވުމަށްފަހު ރައީސް ނަޝީދު ވަނީ، މިއީ ވަރަށް އުފާވެރި އަދި މުހިންމު ބައްދަލުވުމެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެކުވެރި ރަހުމަތްތެރި ފޮރިން މިނިސްޓަރ ޝާހިދާއި ބައްދަލުވީތީ ނުހަނު އުފާކުރައްވާކަމަށެވެ. އަދި މިއީ ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނާއި ބައްދަލުވި ރާއްޖޭގެ ފުރަތަމަ ކެބިނެޓް ވަޒީރުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުގެ ރަހުމަތްތެރި ރާއްޖޭގެ ފޮރިނ މިނިސްޓަރ އަދި UNGA ގެ ރައީސް އާއި ބައްދަލުވުމުން ވަރަށް އުފާވި، މިއީ އަޅުގަނޑަށް ދެވުނު ބޮމުގެ ހަމަލާއަޡސްފަހު ރާއްޖޭގެ ވަޒީރަކާއި، ބައްދަލުވި ފުރަތަމަ ފަހަރު.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

މިބައްދަލުވުގައި މަޝްވަރާ ކުރެވުނު ކަންކަމާއި، އަދި ދެކެވުނު ވާހަތަކުގެ އެއްވެސް ވާހަކައެއް ދެބޭފުޅުންވެސް ހިއްސާ ކުރައްވާފައިނުވެއެވެ. މި ފެށޭ މަހުގެ ތެރޭގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމަށް ކުރީން ނިންމެވި ނަަމަވެސް އެ މުއްދަތުގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މިހާރު ނުބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގު ނުނިމެނީސް ރާއްޖެއަށް ދިއުމަށް ޖެހިލުންވާތީ، ރާއްޖެއިން ބޭރުގައި ހުންނެވޭނެހެން ޗުއްޓީގެ މުއްދަތު އިތުރުކޮށް ދެއްވުމަށް ރައީސް ނަޝީދު މިއަދު މަޖިލިސްގައި އެދިފައެވެ.

ރައީސް ނަޝީދުގެ ސިޓީގައި ވިދާޅުވީ އެމަނިކުފާނަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙްޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާކަމެވެ. އެ ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާޞްކުރައްވައި، އެފުރުސަތު ފަހިކޮށްދެއްވުމަށް މަޖިލީހުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނައިރު މަޖިލީހުގެ އެންމެހައި ކަންކަން ޤާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ މެންބަރުންގެ އިރުޝާދުގެ ދަށުން މަޖިލީހުގެ ނައިބު ރައީސް އިސްވެ ހުންނަވައި މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއްނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ފޮނުއްވި ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން ފޮނުވި ސިޓީއެއް ނޫންކަމަށްވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި، ޚާއްޞަ ގޮތެއްގައި އިންޓަރޕާލަމެންޓަރީ ޔޫނިއަންއާއި، ކޮމަންވެލްތު ޕާލިމަންޓަރީ އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބަލް ފޯރަމްއާއެކު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.