އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުޢާމަލާތްކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެގޮތުން ތިރީގައިވާ އެކައުންޓް ނަންބަރުތަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓްތަކުގެ ނަންބަރުތަކެވެ.
7730000304660
7730000089422
7730000042772
7730000364429
7730000203888
7770000000544
ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން، މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ