ފިއްލވާ، އަވައްޓެރި ތަޖިކިސްތާނަށް ވަޑައިގެންނެވި، އަފްއާނިސްތާންގެ ކުރީގެ ރައީސް އަޝްރަފް ޢަނީ

ގައުމު ދޫކޮށް ވަޑައިގެންނެވީ ބޮޑު ލޭއޮހޮރުވުމަކުން ކާބުލް ސަލާމަތް ކުރުމަށްޓަކާ: އަޝްރަފް ޢަނީ

ގައުމު ދޫކޮށް ވަޑައިގެންނެވީ ބޮޑު ލޭއޮހޮރުވުމަކުން ކާބުލް ސަލާމަތް ކުރުމަށްޓަކާ: އަޝްރަފް ޢަނީ

އަފްއާނިސްތާނުގައި އޮތް، ހުޅަގުގެ ގައުމުތަކުން ތާއީދުކުރަމުން އައި ސަރުކާރު ވެރިކަމުން ދުރުކޮށް، ތާލިބާނުން އެގައުމުގެ ވެރިކަމާ ހަވާލުވުމަށް ތައްޔާރުވަމުން ދާއިރު، ތާލިބާނުން ކާބުލްއަށް ވަނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ގައުމު ދޫކޮށް، އަވައްޓެރި ތަޖިކިސްތާނަށް ހިޖުރަށް ކުރަންޖެހުނީ، ވެރިރަށް ކާބުލް ބޮޑު ލޭއޮހޮރުވުމަކުން ސަމާލަތް ކުރުމަށްޓަކާ ކަމަށް، އިއްޔެއާހަމައަށް އަފްއާނިސްތާނުގެ ރައީސްކަމުގެ މަގާމުގައު ހުންނެވި އަޝްރފް ޢަނީ ވިދާޅުވެއެވެއެވެ.

އިއްޔެ ތާލިބާނުން މުޅި ކާބުލް ވަށާލާފައި ވަނިކޮށް، އަފްއާނިސްތާނުގެ ރައީސް ގައުމު ދޫކޮށް ވަޑައިގަތުމާއެކު، ތާލިބާނުންވަނީ ވެރިރަށް ކާބުލްއަށް ވަދެ، ރިޔާސީ ގަޑުވަރު އެމީހުންގެ ބާރުގެދަށަށް ގެނެސްފައެވެ. އަދި ތާލިބާނުންގެ އިސްވެރިން ގެންދަވަނީ ކާބުލްގައި ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަށްޓަކާ އެކިފަރާތްތަކާއެކީ ބައްދަލުވުންތައް ބާއްވަމުންނެވެ.

ޢަނީ ވިދާޅުވެފައިވަނީ، އޭނާ އިތުރަށް ގައުމުގައި ހުންނަން ބޭނުންވި ނަމަ، "ގައުމުގެ އެތައް ބަތަލުންނެއްގެ ލޭ އޮހޮރި، އަދި ވެރިރަށް ކާބުލް އެކީ ހަލާކުވެގެން ދިޔައީސް" ކަމުގައެވެ.

"ތާލިބާނުން އެވަނީ ކާމިޔާބު ކޮށްފައި.. އެހެންކަމުން، ގައުމުގެ ރައްޔިތުންގެ ސިލްމާ ސަލާމަތު ދެމެހެއްޓުމާއި، މުދާ ރައްކާތެރި ކޮށްދިނުމާއި، އަދި ގައުމުގެ ޝަރަފް ދެމެހެއްޓުމަކީ މިހާރު އެމީހުންގެ ޒިންމާއެއް،" އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި އާންމު ކުރެއްވި ބަޔާނެއްގައި އަޝްރަފް ޢަނީ ވިދާޅުވެފައި ވެއެވެ.

"އެމީހުންނާ ކުރިމަތި އެވަނީ ތާރީޚީ އިމްތިހާނަކާ، އެއްގޮތަކީ އެމީހުން އަފްއާނިސްތާނުގެ ނަމާއި ޝަރަފް ރައްކާތެރި ކޮށްދިނުން، އަނެއްގޮތަކީ އެހެން ނެޓްވާކްތަކާއި އެހެން މީހުންނަށް އެމީހުން އިސްކަން ދިނުން،" އަފްއާނިސްތާނުގެ ކުރީގެ ރައީސް ވިދާޅުވެފައި ވެއެވެ.

އަފްއާނިސްތާނުގެ ކުރީގެ ރައީސް ގައުމު ދޫކުރައްވާ ވަޑައިގެންނެވީ ކޮން ގައުމަކަށް ކަން އަމިއްލަފުޅަށް ވިދާޅުވެފައި ނުވިނަމަވެސް، އަފްއާނިސްތާނުގެ މަޝްހޫރު މީޑިއާ ގުރޫޕެއްކަމުގައިވާ ޓޯލޯ ނިއުސްއިން ބުނެފައިވަނީ އޭނާ ވަޑައިގެންފައިވަނީ، އަވައްޓެރި ތަޖިކިސްތާނަށް ކަމުގައެވެ.

އަފްއާނިސްތާނުގައި ހުޅަގުގެ ގައުމުތަކުން ގާއިމް ކޮށްފައިއޮތް ސަރުކާރު ވެރިކަމުން ދުރުކޮށް، ވެރިރަށް ކާބުލް ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސް، އަދި ރިޔަސީ ގަޑުވަރުވެސް އެމީހުންގެ ބާރުގެދަށަށް ގެނެސް، 20 އަހަރުވަންދެން ކުރަމުން އައި ހަގުރާމަ މިހާރު ނިމިއްޖެކަން ތާލިބާނުން ވަނީ އިއުލާން ކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތާލިބާނުން ރިޔާސީ ގަޑުވަރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، ވެރިރަށް ކާބުލްގެ މަގުތަކަށް ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް ވެރިވެފައެވެ. އަދި މަގުތަކުން ހަމައެކަނި ފެންނަމުންދަނީ ހަތިޔާރު އަޅައިގެން ތިބި ތާލިބާންގެ ހަގުރާމަވެރިން އެކަނި ކަމުގައެވެ.

ފާއިތުވެދިޔަ ދެމަހެއްހާ ދުވަހުގެތެރޭގައި އަފްއާން ސަރުކާރާ ދެކޮޅަށް ތާލިބާން ހަގުރާމަވެރިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއެކު، މުޅި އަފްއާނިސްތާން ކަހަލަ ގޮތަކަށް މިހާރު ތާލިބާނުންގެ ބާރުގެދަށަށް އައިސްފައިވާއިރު، އެގައުމުގައި ތިބި ގައުމުން ބޭރުގެ ސިފައިން ގައުމުން ބޭރަށް ގެންދިއުމުގެ މަސައްކަތް އަދިވެސް ބައެއް ގައުމުތަކުން ދަނީ ކުރަމުންނެވެ. އަދި އޭގެ އިތުރުން ގައުމު ދޫކޮށް ދާން ބޭނުންވެފައިތިބި އެތައްބަޔަކު ވަނީ، ފުރައިގެންދާނެ އެއަރލައިނެއްގެ އިންތިޒާރުގައި ކާބުލްގެ އެއަރޕޯޓަށް ޖަމާވެފައެވެ.

ތާލިބާނުންގެ ސިޔާސީ ގޮފީގެ ތަރުޖަމާނަކު އަލްޖަޒީރާއާއި ވާހަކަ ދައްކަވަމުން ވިދޅުވެފައިވަނީ، އެޖަމާއަތުން އަފްއާނިސްތާނުގެ ވެރިކަމާ ހަވާލުވާއިރު، ދުނިޔެއިން ބާކީވެފައިވާ ގައުމެއްގެ ގޮތުގައު އޮތުމަށް ތާލިބާން ބޭނުން ނުވާކަމަށާއި، އަދި އަފްއާނިސްތާނުގައި ތާލިބާނުން ގާއިމްކުރާނީ ކޮންކަހަލަ ވެރިކަމެއްކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމުގައެވެ.

އަދި އޭނާވަނީ ބައިނަލްއަގުވާމީ ގޮތުން ސުލްހަވެރި ގުޅުންތަކެއް އަފްއާނިސްތާނާ އެކީ ބޭއްވުމަށްވެސް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފައެވެ.

“ﷲއަށް ޝުކުރުވެރިވަން، ހަގުރާމަ މިވަނީ ނިމިފައި،” އޭނާ ވިދާޅުވިއެވެ.

“އަހަރުމެން ބޭނުންވި މަގުސަދު އަހަރުމެންނަށް މިވަނީ ހާސިލްވެފަ، އެއީ އަހަރެމެންގެ ގައުމުގެ އަޅުވެތިކަމުން ސަލާމަތްވުމާއި ރައްޔިތުންންނަށް މިނިވަންކަން ލިބިގެން ދިއުން،” ތަރުޖަމާން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *