ލޯ އެންފޯންސްމަންޓް ދާއިރާއިން ފެނުނު އެންމެ ވަރުގަދަ ޝަޚުސިއްޔަތަކީ އާދަމް ޒާހިރު: ރިޔާޒު

ލޯ އެންފޯންސްމަންޓް ދާއިރާއިން ފެނުނު އެންމެ ވަރުގަދަ ޝަޚުސިއްޔަތަކީ އާދަމް ޒާހިރު: ރިޔާޒު

Author
ހުސެއިން
15 އޮގަސްޓް 2021 07:41
0

ދިވެހިރާއްޖޭގެ ލޯ އެންފޯސްމަންޓް ދާއިގައި އުފެދިގެންދިޔަ އެންމެ ވަރުގަދަ އެއް ޝަޚުސިއްޔަތަކީ ކުރީގެ ކޮމިޝަނަރ އާދަމް ޒާހިރު ކަމުގައި، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅު ވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވި ގޮތުގައި، އޭނާ ލޯ އެންފޯސްމަންޓު ދާއިރާގައި ހޭދަކުރެއްވި ދިގު ޚިދުމަތުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ އާދަމް ޒާހިރު ކަމަށާއި، އެމަނިކްފާނަކީ މީހުން ބިނާ ކުރުމަށް ވަރަށް އިސްކަން ދެއްވި ބޭފުޅެއް ކަމުގައެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ފުލުހުންގެ މުވައްސަސާ މުޅިން އާމުވައްސަސާއެއްގެ ގޮތުގައި ބައްޓަންވެގެން އައީވެސް އާދަމް ޒާހިރުގެ ލީޑަރޝިޕްގައި ކަމަށާއި، އެމަނިކްފާނަކީ އަނެކުން ދައްކާ ވާހަކަ އަޑުއައްސަވާ، ކޮންމެ މީހަކު ކަމުގައިވި ނަމަވެސް، އެމީހެއްގެ އޮޕީނިއަން ފާޅުކުރަން ފުރުސަތު ދެއްވި ބޭފުޅެއްކަމުގައެވެ.

އަދި މީގެ އިތުރަށް ރިޔާޒު ވިދާޅުވި ގޮތުގައި އާދަމް ޒާހިރު ފެނިވަޑައިގެންނެވީ ޑިސިޝަންތައް ނަންގަވަން ކެރިވަޑައިގަންނަވާ އަދި، ނަންގަވާ ޑިސިޝަންއަކުން ކަމެއް ގޯސްކޮށް ދިޔަކަމުގައިވި ނަމަވެސް، އޭގެ ޒިންމާވެސް ނަންގަވަން ކެރިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެއީ އާދަމް ޒާހިރުގެ ކިބައިން ދަސްވި ވަރަށް މުހިންމު ފިލާވަޅެއްކަމުގައެވެ.

ރިޔާޒްވިދާޅުވި ގޮތުގައި ކުރީގެ ކޮމިޝަނަރ އާދަމް ޒާހިރަކީ، ހުރިހާ ކަމަކަށްވެސް ފުރިހަމަޔަށް ކޮމިޓްމަންޓް ދެއްވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށާއި، ހަފްތާގެ 7 ދުވަހު ގުޅުއްވޭ ބޭފުޅެއްކަމަށާއި، ކަމެއް ދިމާވެގެން ކަމެއްގެ ލަފަޔަށް ބޭނުންވެގެން އެމަނިކްފާނަށް ގުޅާ ނުލެވޭ ވަގުތެއް ވަރަށް މަދުވާނެ ކަމުގައެވެ.

މީގެއިތުރުން ރިޔާޒު ވިދާޅުވީ އޭނާ ފުލުހުންގެ މުވައްސަސާގައި ހޭދަކުރި މުއްދަތުގައި، ލިބިގެން ދިޔަ ތަރުބިއްޔަތަކީ އެއީ ކަމަށާއި، މި ހުރިހާ ސަބަބުތަަކަށްޓަކާ، ކުރީ ކޮމިޝަނަރ އާދަމް ޒާހިރަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއްގެ ގޮތުގައި އޭނާ އަބަދުވެސް ބަލައިގަންނަ ކަމަށެވެ.

އިތުރަށް ރިޔާޒް ވިދާޅުވި ގޮތުގައި ކުރީގެ ކޮމިޝަނަރ އާދަމް ޒާހިރުގެ ރިޓަޔަރމަންޓް ހަމަނުވަނީސް ފުލުހުންގެ މުވައްސަސާއިން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތުމަކީ ގައުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، އަދި އެއީވެސް، ސިޔާސީ ކަންކަމާހުރެ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިފައި ނެތުމުގެ ސަބަބުން ގައުމަށް ލިބިގެންދިޔަ ގެއްލުމެއް ކަމަށެވެ.

އެހެންނޫންނަމަ، އެމަނިކްފާނުގެ ރިޓަޔަރމަންޓް އުމުރާހަމަށް ފުލުހުންގެ ޚިދުމަތުގައި ދެމި ހުންނެވިނަމަވެސް، ފުލުހުންގެ މުވައްސަސާއަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެން ދިޔައީސް ކަމުގައިވެސް ރިޔާޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.