ތ.ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް އެމްއެންޕީއާއި ގުޅިވަޑައިގެންފިއެވެ.
ޖަލާލްއަކީ ކައުންސިލަށް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވެފައިވާ މެމްބަރެކެވެ. އޭނާ ސޮއިކޮށްފައިވަނީ މިއަދު އެމްއެންޕީ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ފޯމާއި ހަވާލުވެ ވަޑައިގެންފައިވަނީ އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމްއެވެ.
ތ.ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލް އެމްއެންޕީއާއި ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވަން. pic.twitter.com/t4gVxUqoD8
— Abdulla Riyaz MP (@riyazabdulla) August 14, 2021
ހިރިލަންދޫ ކައުންސިލް ރައީސް އެމްއެންޕީއަށް ސޮއިކޮށްފައި މިވަނީ ފާއިތުވދިޔަ ހަފްތާގައި ތ.އަތޮޅުގެ ރަށްތަކަށް އެމްއެންޕީގެ ލީޑަރޝިޕްގެ ބޭފުޅުން ކުރި ދަތުރަށް ފަހުގައެވެ. އެމްއެންޕީއާއި ޒުވާން ގިނަ ބޭފުޅުން ދަނީ ގުޅެމުންނެވެ.
އަސްރާ އަހްމަދަކީ ސިންގަޕޫރުން ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށް ދިވެހިރާއްޖޭގެ ގާނޫނީ އަދި ތައުލީމީ ދާއިރާގަ މަސައްކަތް ކުރައްވާ އަދި DDGM ގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ ހުރި ޒުވާން އަންހެން ކަންބަލެކެވެ.@Mihaarunews @sunbrk @JazeeraBrk @oneonlinemv @adduonline pic.twitter.com/7K0VW3xXjP
— Maldives National Party (@MNP_Secretariat) August 13, 2021
އަދި އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށްޓަކާ ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މީގެކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ.
އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ