ލީސާ ހޭޑަންގެ ފުރަތަމަ އަންހެން ދަރިފުޅުގެ ފޮޓޯ ދައްކާލައިފި

ލީސާ ހޭޑަންގެ ފުރަތަމަ އަންހެން ދަރިފުޅުގެ ފޮޓޯ ދައްކާލައިފި

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2021 08:29
0

ދެކުދިންގެ މަންމަ ލީސާ ހޭޑަން އޭނާގެ ތިންވަނަ ދަރިފުޅުގެ ފޮޓޯ އާންމުކޮށްފިއެވެ.

"ކުއީން" އަދި "އޭދިލްހެ މުޝްކިލް" ފަަދަ ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ލީސާ ވަނީ 2016 ވަނަ އަހަރު ލޯބިވެރިޔާ ޑިނޯ ލާލްވާނީއާ ކައިވެނި ކޮށްފައެވެ.

މި ދެމަފިރިންނަށް އެންމެ ފުރަތަމަ ދަރިއަކު ލިބުނީ 2017 ވަނަ އަހަރުއެވެ. އެއީ ޒެކް އެވެ. އެއަށް ފަހު 2020 ވަނަ އަހަރު ލިއޯ އެވެ. ދެ ފިރިހެން ދަރިންނަށް ފަހަރު ލީސާ އަށް މިފަހަރު ލިބުނީ އަންހެން ކުއްޖެކެވެ. އޭނާ ވިހާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ.

މިއަދު އިންސްޓަގްރާމް ބޭނުންކުރަން ފެށި ލީސާގެ ފިރިމީހާ ވިޔަފާރި ވެރިޔާ ޑިނޯ އެންމެ ފުރަތަމަ ހިއްސާކުރި ޕޯސްޓަކީ ލީސާ އާއި އެނާގެ އަންހެން ދަރިފުޅުގެ 3 ފޮޓޯއެވެ.

 

View this post on Instagram

 

A post shared by Dino Lalvani (@dino.lalvani)

ސޯޝަލް މީޑިއާއާ ރަހުމަތްތެރި ލީސާ، އޭނާ ވިހެއިކަން އިއުލާން ކޮށްފައިވަނީ ފޭނަކު ކުރި ސުވާލަކަށް ކޮމެންޓް ކުރަމުންނެވެ. އަދި އޭނާގެ 3 ވަނަ ދަރިއަކީ އަންހެންކުއްޖެއްކަން އިއުލާން ކޮށްފައި ވަނީ ދޮށީދަރިފުޅާއެކު ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި އާންމުކުރަމުންނެވެ.

 

View this post on Instagram

 

A post shared by Lisa Lalvani (@lisahaydon)

ލީސާގެ މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ “އޭ ދިލް ހެ މުޝްކިލް” އިން ރަނބީރުގެ ލޯބިވެރިއެއްގެ ގޮތުގައެވެ. މި ފިލްމު ނުކުމެފައި ވަނީ 2016 ވަނަ އަހަރު އެވެ. މީގެ އިތުރުން ވެސް ލީސާ ވަނީ “ކުއީން”، “އައިޝާ” “ހައުސްފުލް 3” ފަދަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.