ކަނޑުމަތިން ހަތިޔަރާއިއެކު ދޯންޏަކަށް އަރައި ކަނޑުފޭރުމަކީ ރާއްޖޭގައި ހުއްދަވެފައިވާ ކަމެއްތޯބުނެ އައްޑޫސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ ނިޒާރު ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ އާއި، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ސުވާލު ކުރައްވައިފިއެވެ.
30 މީހުންގެ ބޮޑު ގްރޫޕަކުން "ފަސްކުރި" ދޯންޏަށް ބަޔަކު ތޫނު އެއްޗިއްސާއިއެކު އަރައި ކެޕްޓަމާއި ދޯނީގެ ފަޅުވެރިންނަށް ބިރުދައްކައި ހެދުމަކީ އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. މިކަމަކީ ރާއްޖޭގައި މިއަދު އާންމު ކަމަކަށްވެއްޖެނަމަ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިންނަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ނިޒާރު ވަނީ ސިފަކުރައްވާފައެވެ.
މިދޯންޏަށް ހަތިޔާރާއިއެކު އަރައި، ކަނޑުފޭރި ގެންގޮސް ދޯނި އަތުލައި ފަޅުވެރިން ވަނީ ރަށުން ބާލާފަ. ކަނޑުފޭރުން ރާއްޖޭގައި ހުއްދަވީތޯ؟ ނޫނީ ޤާނޫނު ނަގަހައްޓަން ނުކެރެނީތޯ؟
– އަލީ ނިޒާރު
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށްކައިރި ކުރިކަން އެނގިފައިވާކަމަށެވެ. އަދި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށާއި، ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށްވެފައި އެއްބަސްވުމަށް އަމަލުނުކުރާކަމަށް ބުނެ، ދޯންޏަށް ދިޔަބަޔަކުކަމަށް މައުލޫމާތު ލިބެއެވެ. މިމައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ