ދިރާސީ އާއަހަރުގެ ކިޔެވުން ދޮޅުއަހަރަށްފަހު ފެށުނު ދުވަހަކީ، ކިޔަވާކުދިންނަށާއި، ސްކޫލުތަކަށާއި، ބެލެވެރިންނާއި، މުދައްރިސުންނަށް ބޮޑު އުފަލެއް ލިބިގެންދިޔަ ދުވަހެެކެވެ.
ސްކޫލުތަށް އަލުން ހުޅުވިގެން ކިޔަވައިދޭނެ ފަށާފައިވާއިރު، ސަރުކާރުންވެސް އަދި ސްކޫލުތަކުންވެސް ދަރިވަރުންނަށްޓަކައި ގިނަ ކަންކަން ފަހިކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. މިގޮތުން ކަލާފާން ސްކޫލުން، އެސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، އެކުދިންގެ ޢާއިލާތަކަށް ވަނީ ވަރަށް ބޮޑު ލިއުފަސޭހައެއް ގާއިމްކޮށް ދެއްވާފައެވެ.
ކަލާފާން ސްކޫލުގެ އުސްއިމާރާތުގެ މައްޗަށް ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން ފުރޮޅުލީ ގޮޑީގައި އަރަންޖެހޭ ދަރިވަރުންނަށް، މީގެކުރިން އެކަން ކުރަން ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ނަމަވެސް މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިގެންދިޔައިރު، ސްކޫލުގައި ވަނީ ލިފްޓެއް ހަރުކޮށް، އެކުދިންނަށް ފަސޭހަކަމާއިއެކު އިމާރާތުގެ އެންމެ މައްޗަށްވެސް ފަސޭހައިން އެރޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ކަލާފާން ސުކޫލުގެ މަތީ ފްލޯތަކުގައި ލައިބްރަރީ އާއި މިއުޒިކް ރޫމާއި ކޮމްޕިއުޓާ ލެބް ފަދަ ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ތަންތަން ގާއިމްކޮށްފައިވެއެވެ.
We are enlivened to inaugurate the newly built lift in our school today. It is indeed a milestone for Kalaafaanu School.
It will surely be beneficial for all the students, specially our differently abled students. ?✅
Special Thanx to @MoEdumv @aisthly @LitmusTimes @rah8121 pic.twitter.com/8pPwbHU23J— Kalaafaanu School (@kalaafaanu_mv) August 10, 2021
ނަމަވެސް ގިނަ ފަހަރަށް މިތަންތަނަށް އެރުމަށް މީގެކުރިން ޚާއްސައެހީއަށް ބޭނުންވާ ދަރިވަރުންނަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިއަހަރުގެ ދިރާސީ އަހަރާއިއެކު އެސްކޫލުގައި ބެހެއްޓި ލިފްޓް ވެގެންދިޔައީ މިހުރިހާ ކަމަކަށް ހައްލު ވެގެންދިޔަ ކަމެއްގެ ގޮތުގައިއެވެ. މިކަން ވެގެންދިޔައީ އެކުދިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވި ކަމަކަށެވެ.
ނާއިބް ރައީސް ފައިސަލް ނަސީމްއާއި، އެޑިކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއާއި ސްކޫލުގެ އިސްވެރިންގެ ބައިވެރިވި ރަސްމިއްޔާތަކާއިއެކު ލިފްޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިކަމަށް ޖޯކުޖަހައި ފާޑުކިޔާފައެވެ. ނަމަވެސް މިއީ ފާޑުކިޔައި ޖޯހުޖެހޭ ވަރަށްވުރެ މާ މާތް މަޤުސަދެއްގައި ކުރެވިގެންދިޔަ މަސައްކަތެކެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީ، މުޖުތަމައުގެ ޚާއްސަ އަޅާލުން ބޭނުންވާ ކުދިންނަށްވާއިރު، އެކުދިންނަށް ލިބިގެންދާ ފަސޭހަތަކާއި، ލުއިގޮތްތަކަކީ އެންމެންގެ ހިތްހަމަޖެހުމެއްކަމުގައި ދެކެންޖެހެއެވެ. ކޮންމެ ކަމަކީ ސިޔާސީ ކަމެއްކަމަށް ހަދައި، ފާޑުކިޔުމަކީ އެކަމުން ގޯސް ނަތީޖާތަކެއްވެސް ނިކުމެދާނެ ކަމެކެވެ.
ކޮމެންޓު ފޮނުވާ