ހަމަލާއަށް ފަންޑުކުރި މީހުން އެބަތިބި، އެއީ ޔަގީން ކަމެއް: ހަސަން އަފީފު

ހަމަލާއަށް ފަންޑުކުރި މީހުން އެބަތިބި، އެއީ ޔަގީން ކަމެއް: ހަސަން އަފީފު

Author
ހުސެއިން
11 އޮގަސްޓް 2021 09:07
0

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު 6 މޭގެ ޓެރަރިސްޓު ހަމަލާއަށް ފަންޑުކުރި މީހުން އެބަތިބި ކަމަށާއި، އެނޫން ގޮތަކަށް މިކަމެއް ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ރޭ ގެނެސްދިން ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން އަފީފު ވިދާޅުވީ މި ހަމަލާ ދިން މީހުން އެޕާޓްމަންޓް ހިފާފައި އެބަހުރި ކަމަށާއި، ސައިކަލެއް ގަނެފައި އެބަހުރި ކަމަށް ވިދާޅުވެ، ހަމަލާ ދިން މީހުންނަށް މިފައިސާ ދިނީ ކާކުތޯ އަފީފުވަނީ ސުވާލު ކުރައްވާފައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، ވަޒީފާ އަދާކުރާ އެތައްބަޔަކަށް، ވަޒީފާ އަދާކުރާ ފަރާތުން ރިޕޯޓު ދިނުމުންވެސް ޝަރުތު ހަމަނުވެގެން ކޯވިޑް އެލަވަންސް ލިބިފައިނުވާއިރި، ނަޝީދަށް އަމާޒުކޮށް ހަމަލާދިން މީހުންނަށް ކޯވިޑް އެލަވަންސް ދޭން ޝަރުތު ހަމަވެފައިވާ ކަމަށާއި މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެއް ކަމުގައެވެ.

އަފީފީ ވިދާޅުވި ހަމަލާ ދިން މީހުން ފޭކް ޑޮކިއުމަންޓް ހުށަހަޅައިގެން އެލަވަންސް ހޯދިއިރު، އެއީ ފޭކް ޑޮކިއުމަންޓްކަން ނުބެލެންވީ ސަބަބެއް އޮންނަންޖެހޭނެ ކަމަށާއި، މިހާތަނަށް ފަންޑުރި ފަރާތެއްކަމުގައި ބެވެން އޮތީ ކޯވިޑް ލޯނު ދޫކުރި ފަރާތްކަމުގައެވެ. އެހެންކަމުން، މިހާތަނަށް ފަންޑުކޮށްފައިވަނީ، ހަމަލާ ދިން ފަރާތްތަކުން ފޭކް ޑޮކިއުމަންޓް ހުށަހަޅައިގެން ހޯދި ފައިސާއިންކަން ކަމުގައި ބެލެވޭކަމަށްވެސް އަފީފު ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި ތިބި އެންމެންވެސް ހޯދާނެކަމަށް ސަރުކާރުންވެސް އަދި ފުލުހުންވެސް ވިދާޅުވާ ކަމަށާއި، އެހެންނަމަވެސް، މިހާރު ކަންތައްތައް ގޮސްފަ އޮތް ހިސާބަށް ބަލާއިރު، މިހާރު ހައްޔަރު ކޮށްފައިތިބި 4 މީހުންނަށް ނިންމާލައިފިއްޔާ އެކަމެއް ނުވާކަމަށް އަފީފްވަނީ ވިދާޅުވެފައެވެ.

އަފީފު ވިދާޅުވި ގޮތުގައި މިހަމަލާ ރާވާފަ މިއޮތީ މިހާރު ހައްޔަރުގައި ތިބި މީހުން ނޫންކަމަށާއި، އެބަޔަކު ހޯދެން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ މިކަންކަމަކީ ނޭގި ހިގާ ކަންކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތް ކުރީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ ދައްކާ ވާހަކައަކީ، މި ކަން ކެމޮފްލާޖް ކުރަން (ކަމުގެ ހަގީގަތް އޮޅުވާލުމަށް) ދައްކާ ވާހަކަތަކެއް ކަމަށާއި، މީގެ ފަހަތުގައި އެހެންބަޔަކު އެބަތިބި ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް އަފީފު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، އޭނާ ގެންދަވަނީ ފަހަކަށް އައިސް ރައީސް އިބުރާހިމް މުހައްމަދު ސާލިހަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގައި އެޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، ހަސަން އަފީފު ފާހަގަވަނީ، ރައީސް ނަޝީދަށް ނިސްބަތްވާ ފެކްޝަނުގައި ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފާބިލަތް
މީނާކީވެސް މަށަލަފާކުރެވޭގޮތުގައަ އޭގެބައަވެރިއެއް
B Birubodu
ދެންކަލޭ މަޖުލިސްގެ ބަރުލަމާނީ މުގަށްރިރަކަން އިނދެގެން ތިހާކުޅަދާނަ މީހަކަށްވަންޏާ ފަންޑުކުރިމީހުން ހޯދާފަ ރާއްޖޭގެ އެންމެންނަށް ދަށްކާލަބަލަ