ކެޓްރީނާ، އާލިއާ އަދި ޕްރިޔަންކާ އެކުގައި އެއް ފިލްމަކުން!

ކެޓްރީނާ، އާލިއާ އަދި ޕްރިޔަންކާ އެކުގައި އެއް ފިލްމަކުން!

Author
ފާތިމަތު ނާވީ
12 އޮގަސްޓް 2021 08:13
0

ފަރްހާން އަހްތަރުގެ ފުރަތަމަ ޑައިރެކްޝަން "ދިލް ޗަހަތާހޭ" އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ބޮލީވުޑްގެ ޓޮޕް 3 ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް، އާލިއާ ބަޓް އަދި ޕްރިޔަންކާ ޗޯޕްރާ ހިމަނައިގެން ބޮޑު ޕްރޮޖެކްޓެއް ފަރްހާން އިއުލާން ކޮށްފިއެވެ.

މިއީ ދިގުމުއްދަތަކަށްފަހު އޭނާ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. އޭނާ އެންމެފަހުން ލިޔެ ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރި ފިލްމަކީ ޝާހްރުކުގެ "ޑޮން 2″ އެވެ. ފަރްހާންގެ ކުރިއަށްއޮތް މި ބޮޑު ފިލްމަށް ދީފައިވާ ނަމަކީ "ޖީލޭ ޒަރާ" އެވެ.

"ދިލް ޗަހަތާހޭ" އަށް 20 އަހަރު ފުރުމާއި ދިމާކޮށް ފަރްހާން ޓްވިޓާގައި އައު ފިލްމު އިއުލާން ކުރަމުން ބުނީ ފިލްމުގެ ޝޫޓިންގ އަންނަ އަހަރު ފެށޭނެ ކަމަށެވެ.

ފަރްހާނާއި ރިތޭޗް ސިދްވާނީގެ އެކްސެލް އެއްޓަޓައިންމެންޓްގެ ފަރާތުން ރޯޑް ޓްރިޕެއްގެ މައްޗަށް ހަދާ މިއީ ތިންވަނަ ފިލްމްއެވެ. "ދިލް ޗަހަތާހޭ" އަދި "ޒިންދަގީ ނާމިލޭގީ ދޮބާރާ" އަށް ފަހު މި ފިލްމް އޮތީ އަންހެން ކުދިން ތަކެއްގެ މައްޗަށެވެ.

މިކަން އިއުލާން ކުރުމާއި އެކު ޕްރިޔަންކާވެސް ވަނީ އިންސްޓަރާމުގައި މިފިލްމާމެދު އޭނާ ވަރަށް އެކްސައިޓްވެފައި ހުރިކަމަށް ބުނެފައެވެ.

އެކްސެލް އެއްޓަޓައިންމެންޓާއި ފްރަހާންގެ ދައްތަ ޒޯޔާ އަހްތަރުގެ، ޓާއިގާ ބޭބީ ފިލްމްސް ގުޅިގެން ގެނެސްދޭ މި ފިލްމް ލިޔެފައިވަނީ ޒޯޔާ އާއި ފަރްހާން ގެ އިތުރުން ރީމާ ކަގްތީއެވެ. ރީމާ އަކީ ޒޯޔާ އާއެކު ޓާއިގާ ބޭބީ ފިލްމްސްގެ އަނެއް ޕާޓްނަރެވެ.

ފިލްމު ހާއްސަވާ އަނެއް ސަބަބަކީ ފިލްމުގެ ލީޑުން މިފެންނަ 3 ތަރިންނަކީ ފިލްމީތަރި ރަންބީރު ކަޕޫރުގެ ލޯބިވެރިންނަށް ވުމެވެ. އެގޮތުން ކެޓްރީނާ އާއި ޕްރިޔަންކާ، ރަންބީރާ ލޯބީގެ ގޮތުން މީގެކުރިން ގުޅިފައި ވާއިރު، އާލިއާ އަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާއެވެ. މަކަމުގެ ސަބަބުންވެސް މި ފިލްމަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ

ފިލްމް ރިލީޒްކުރުމަށް ހަމަަޖައްސާފައިވަނީ 2023 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.